ދިވެހިރާއްޖެ
އިޢުލާން
ޕްރިންޓަރ ގަންނަން ބޭނުންވެއްޖެ.
މިމިނިސްޓްރީއަށް ޕްރިންޓަރތައް ގަންނަން ބޭނުންވެގެން 2022 އޮގަސްޓް 04 ވަނަ ދުވަހު ކުރެވުނު އިޢުލާން 472/1/2022/98(IUL) ގެ އިންފޮމޭޝަން ޝީޓުގެ އައިޓަމް ނަމްބަރ 2 ގައި ބަޔާންކޮށްފައިވާ ޕްރިންޓަރތަކަށް ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށްފެންނާތީ އެއައިޓަމް ބާޠިލުކުރުމަށްފަހު ދެވަނަފަހަރަށް އިޢުލާން ކުރަމެވެ.
ވީމާ މިތަކެތި ސަޕްލައިކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2022 އޮގަސްޓް 31 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ( ސްޓާ ކްލައުޑް ބިލްޑިންގް 03 ވަނަ ފަންގިފިލާ ) އަށް، ވަޑައިގެން އަންދާސީ ހިސާބު ހުށެހެޅުއްވުން އެދެމެވެ. މި އިޢުލާނާގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު ގެޒެޓުގައި އެއްކަރުދާސް ކޮށްފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއްކަމަށް ސަރުކާރުން ކަނޑައަޅައިފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ.
އަދި ދަންނަވަމެވެ، މައުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.