ދިވެހިރާއްޖެ
މި ސްކޫލުގެ 03 ވަނަ ބުރީގެ ފާޚާނާގެ ޝީޓުގެ ތެރެއިން ފެންލީކުވާ މައްސަލައާއި، 04ވަނަ ބުރީގެ ދެފުރާޅުގެ ފައްތަރު ރަނގަޅުކޮށް، ސްކޫލުގެ ބައެއް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް މި ސްކޫލުގެ ނަންބަރު: MNU-FMC/2014/17ފ(24 ސެޕްޓެންބަރު 2014) ކުރެވުނު އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އަލުން އިޢުލާންކުރަމެވެ.
ވީމާ، މިމަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 އޮކްޓޫބަރު 2014 (ބުރާސްފަތި) ދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 އޮކްޓޫބަރު 2014 ވާ (ހޯމަ) ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރަން އޮންނަ ދުވަހު މަޢުލޫމާތު ސެޝަނަށް ހާޒިރުވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މި ސްކޫލުގެ ސެމިނަރރޫމުގައެވެ.