މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ތަމްރީނު ޕްރޮގްރާމް ހިންގައިދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

ރެފްރިޖަރެންޓެއްގެ ގޮތުގައި ބޭނުންކުރާ ހައިޑްރޯކްލޯރޯފްލޯރޯކާބަންސް (އެޗް.ސީ.އެފް.ސީ) ބޭނުންކުރާ ތަކެއްޗާއި މެޝިނަރީ/މެޝިނަރީތައް، އޯޒޯން ފަށަލައަށް ގެއްލުން ނުދޭ، ތިމާވެށްޓާ ރައްޓެހި ގޭހަކަށް ބަދަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިތަމްރީނު ހިންގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމިނިސްޓްރީއަށް (ވެލާނާގޭގެ 4 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިއޮފީހަށް (ވެލާނާގޭގެ 4 ވަނަ ފަންގިފިލާ) ވަޑައިގެންދެއްވުން އެދެމެވެ.

 އަންދާސީހިސާބު ހުށަހެޅުއްވުމަށް

 މަޢުލޫމާތު ސާފުކުރެއްވުމަށް

28 އޮކްޓޫބަރު 2014 ބުދަ ދުވަހުގެ 10:00 އަށް

23 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް

މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަ ގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339211 /3339239 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

22 ޛުލްޙިއްޖާ 1435

16 އޮކްޓޫބަރު 2014
ހޯދާ