ދިވެހިރާއްޖެ
އިޢުލާން
ކޯޓު ޢިމާރާތާއި ކޯޓު ގޯތީގެ ވަށައި އިންފާރުގައި ކުލައާއި ދަވާދުލުމުގެ މަސައްކަތްކުރުން.
މި ކޯޓުގެ ނަންބަރު:03 /2022/L05C-C) 09 އޮގަސްޓު 2022( ގެ އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެއިޢުލާނު ބާޠިލުކޮށް މި ކޯޓު ޢިމާރާތާއި ކޯޓު ގޯތީގެ ވަށައި އިންފާރުގައި ކުލައާއި ދަވާދުލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާނުކުރަމެވެ.
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 އޮގަސްޓު 2022 އިން ފެށިގެން 30 އޮގަސްޓު 2022 ގެ 11:00 ގެ ނިޔަލަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 05 ސެޕްޓެންބަރު 2022 ވާ ހޯމަ ދުވަހުގެ 11:00 އަށް މިކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި، ގަޑިޖެހިގެން އަންނަ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނޭ ވާހަކަވެސް ދަންނަވަމެވެ. މިމަސައްކަތްތަކަށް އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރު:18/2014 ) ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު( ނުވަތަ ޤާނޫނު ނަންބަރު:19/2014 ) އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު( ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ. އަދި މިކަން އެނގޭނެ ރަސްމީ ލިޔުމެއް އަންދާސީ ހިސާބާއެކު ހުށަހަޅަން ވާނެއެވެ. ކުންފުނިތަކުގެ ފަރާތުން ބަދަލުގައި މީހަކު ވަޑައިގަންނަވާނަމަ، ކުންފުނީގެ ލިޔުމަކާއެކު ވަޑައިގެންނެވުން އެދެމެވެ.
25 މުޙައްރަމް 1444
23 އޮގަސްޓު 2022