ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލުގެ ޗައިލްޑް ޑިވަލޮޕްމެންޓް ސެންޓަރަށް ބޭނުންވާ އެސެސްމެންޓް ޓޫލްސް، ސްޕިލިންޓިންގ މެޓީރިއަލްސް އަދި ވޯކާރސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

ހުޅުމާލެ ހޮސްޕިޓަލުގެ ޗައިލްޑް ޑިވަލޮޕްމެންޓް ސެންޓަރަށް ބޭނުންވާ އެސެސްމެންޓް ޓޫލްސް،ސްޕިލިންޓިންގ މެޓީރިއަލްސް އަދި ވޯކާރސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

ނަންބަރު: TENDER/HMH/2022/026

މިހޮސްޕިޓަލުގެ ޗައިލްޑް ޑިވަލޮޕްމެންޓް ސެންޓަރަށް ބޭނުންވާ އެސެސްމެންޓް ޓޫލްސް، ސްޕިލިންޓިންގ މެޓީރިއަލްސް އަދި ވޯކާރސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ބިޑް ރެޖިސްޓްރޭޝަން:

ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ބިޑް ރެޖިސްޓްރޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 29 އޮގަސްޓް 2022 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް މެއިލްކުރެއްވުންއެދެމެވެ.

 

އަންދާސީ ހިސާބު ހުށަހެޅުން:

5 ސެޕްޓެމްބަރ 2022 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި ބިޑު ހުށަހެޅުން ހުޅުމާލެ ހޮސްޕިޓަލް ގެ ވައްލަ މީޓިންގ ރޫމުގައި އޮންނާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 30 އޮގަސްޓް 2022 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:

ފޯން: 3350152 / 3350113

އީ-މެއިލް: [email protected]

23 އޮގަސްޓް 2022
ހޯދާ