މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
އައިޓީ ސާމާނު ގަނެ އިންސްޓޯލްކުރުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މިމިނިސްޓްރީއަށް އައިޓީ ސާމާނު ގަނެ އިންސްޓޯލްކުރުމަށް ކުރި ނަންބަރު IUL)25-A2/1/2014/23)ފ(29 ސެޕްޓެންބަރު 2014) އިޢުލާނާ ގުޅިގެން ފަޔަރވޯލް ސިސްޓަމަށް އަންދާސީހިސާބު ހުށަހަޅާފައިވަނީ ދެފަރާތުން ކަމުން އަލުން އެސިސްޓަމަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިތަކެތި މިނިސްޓްރީއަށް ހޯއްދަވައިދެއްވައި އިންސްޓޯލް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 23 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:30 އަށް މިނިސްޓްރީއަށް ވަޑައިގެން ނަންނޯޓުކުރައްވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 30 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ 14:00 އަށް މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީއަށް ވަޑައިގެން ނަންނޯޓްކުރައްވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3323400 ނަންބަރު ފޯނާއެވެ.     

 

20 އޮކްޓޫބަރު 2014
ހޯދާ