ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑޮކްޓަރު ހުންނަ އެޕާޓުމަންޓުގެ ބައެއްމަރާމާތު ކުރުމާބެހޭ

އިޢުލާން

 

ޑޮކްޓަރު ހުންނަ އެޕާޓުމަންޓުގެ ބައެއްމަރާމާތު ކުރުމާބެހޭ

 

         މިރަށުގައި ޑޮކްޓަރު ހުންނަ އެޕާޓުމަންޓުގައި ކުރަންހުރި ބައެއްމަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަންކުރި މިއިދާރާގެ ނަންބަރު (IUL)387/387/2022/37 (11 އޮގަސްޓް 2022)ގެ އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑު ޑޮކިއުމަންޓް ބައްލަވައިގެންފައިނުވާތީ، އެއިއުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

 

         ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް އެދިލައްވާ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރިއަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން 24 އޮގަސްޓް 2022 ވަނަދުވަހުގެ 8:30 އިންފެށިގެން 30 އޮގަސްޓް 2022 ވަނަދުވަހުގެ 12:00 އާއި ދެމެދު މިއިދާރާއަށް ދުރުވެ ބިޑު ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު 08 ސެޕްޓެމްބަރ 2022 ވަނަދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ޕްރީބިޑް މީޓިންގ، އަދި ސައިޓު ބެލުން 30 އޮގަސްޓް 2022 ވަނަދުވަހު 13:30 ގައި މިއިދާރާގައި އޮންނާނެއެވެ. ބިޑް ޑޮކިއުމަންޓްގެ އަގަކީ -/50 ރުފިޔާއެވެ. ބިޑް ޑޮކިއުމަންޓް ބައްލަވައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.

 

               މިހެންވެ މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާނު ކުރީމެވެ.

 

              25 މުޙައްރަމް 1444

              23 އޮގަސްޓް 2022

23 އޮގަސްޓް 2022
ހޯދާ