ޅ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ޅ. ކުރެންދޫ ޞިއްޙީ މަރުކަޒު މަރާމާތުކުރުން

                މި ހޮސްޕިޓަލުން ދޭ މަޢުލޫމާތާ އެއްގޮތަށް ޅ. ކުރެންދޫ ޞިއްޙީމަރުކަޒުގެ މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

                ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް އެދިލައްވާ ފަރާތްތަކުން 26 އޮކްޓޯބަރ 2014 ދުވަހުގެ 13:30 އަށް ޅ. އަތޮޅު ހޮސްޕިޓަލް ނުވަތަ ކުރެންދޫ ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 30 އޮކްޓޫބަރު 2014 ދުވަހުގެ 13:30 އަށް މިހޮސްޕިޓަލަށް ނުވަތަ ކުރެންދޫ ޞިއްޙީމަރުކަޒަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

                ކަނޑައެޅިފައިވާ ގަޑިޔަށް މަޢުލޫމާތު ހޯދުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

                މި އިޢުލާން ނުކުތުމުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިހޮސްޕިޓަލުގެ ނަންބަރު IUL)LHAH-AH/LHAH/2014/18)ފ(15 ސެޕްޓެންބަރު 2014) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައިވަނީ 2 ފަރާތުން ކަމަށްވާތީ، އެއިޢުލާނާ ގުޅިގެން ހުށަހެޅުނު އަންދާސީހިސާބުތައް ވަނީ ބާޠިލު ކުރެވިފައެވެ.

26 ޛުލްޙިއްޖާ 1435

20 އޮކްޓޫބަރު 2014
ހޯދާ