ދިވެހިރާއްޖެ
މަޤާމު: |
ސީނިއަރ ސީ.ބީ.ޑީ.އާރު.އާރު. އޮފިސަރ / ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ |
|
ކްލެސިފިކޭޝަން ރޭންކް: |
އެމް.އެސް 2 (ޓެކްނިކަލް އޮފިސަރ ގްރޭޑް 2) |
|
ސެކްޝާން: |
ޑިޒާސްޓަރ ޕްރެޕެއާރޑްނަސް އެންޑް ރިސްކް ރިޑަކްޝަން |
|
އަސާސީ މުސާރަ: |
-/6295 ރުފިޔާ |
|
ސަރވިސް އެލަވަންސް: |
-/2000 ރުފިޔާ |
|
އެހެނިހެން އެލަވަންސާއި އުޖޫރަ: |
މަޤާމުގެ މަސައްކަތްތަކާ ގުޅިގެން ކަނޑައެޅިފައިވާ އެލަވަންސްތައް ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ. |
|
މަސައްކަތް ކުރަންޖެހޭ ތަން: |
ޢާއްމު ގޮތެއްގައި މަސައްކަތް ކުރަންޖެހޭނީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ /މާލެ ގައެވެ. |
|
ބޭނުންވާ އަދަދު: |
01 |
|
މަޤާމުގެ ޝަރުޠު: |
އެންވަޔަރަންމަންޓް / ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. |
|
މަޤާމުގެ މަސްއޫލިއްޔަތު: |
|
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން: |
28 އޮކްޓޫބަރު 2014 ވާ އަންގާރަ ދުވަހު 14:30ގެ ކުރިން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް، (ރިހިޖެހިކޮށި/އަމީނީމަގު) |
|
އެޕްލިކޭޝަންއާއި އެކު ހުށަހަޅަންޖެހޭ ލިޔުންތައް: |
1- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމު (މި ފޯމު ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ކައުންޓަރުންނާއި، ސިވިލް ސާރވިސް ކޮމިޝަންގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.) 2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ) 3- ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ 4- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ) 5- ސިވިލް ސަރވިސްއަށް /ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން އަދި ޚިދުމަތުގައި ދެމިތިބި މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތުރާޒެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 6. ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ އެތަންތަނުގައި ވަޒީފާ އަދާކުރި ގޮތުގެ ލިޔުންތައް. |
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނީ ސިވިލް ސަރވިސް ކޮމިޝަނުން ނެރެ ޝާއިޢުކޮށްފައިވާ، ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަން ކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް – 01 އެޕްރީލް 2013 ގައިވާ "ސަޕޯޓް ސްޓާފް" މަޤާމުތަކަށް މުވައްޒަފުން ޢައްޔަން ކުރުމުގެ ކްރައިޓީރިއާ (ޖީ.އެސް 1 އިން އެމް.އެސް 2 އަށް) ގައިވާ ގޮތުމުގެ މަތިންނެވެ.
|
|
އިންޓަވިއު ކުރުން: |
މި މަޤާމަށް ކުރިމަތިލާ މީހުންގެ އަދަދު 10 އަށްވުރެ ގިނަނަމަ، ޝަރުޠު ފުރިހަމަވާ މީހުން ޝޯޓްލިސްޓު ކުރުމަށްފަހު (ޝޯޓްލިސްޓު ކުރުމުގައި ބަލާނީ ލިބިފައިވާ ތަޢުލީމާއި ތަޖުރިބާގެ މައްޗަށެވެ.) ހޮވޭ ފަރާތްތަކާއި އިންޓަރވިޔު ކުރުން އޮންނާނީ 09 ނޮވެމްބަރ 2014 އިން ފެށިގެން މިސެންޓަރުގައެވެ. |
|
ނޯޓް: |
ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލު ކުރެވޭނޭ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މި ސެންޓަރުގެ ނަންބަރު: 3333425އަށް ގުޅުއްވުން އެދެމެވެ. |
20 ޛުލްޙިއްޖާ 1435