މަޤާމް: |
ޕަރސަނެލް އޮފިސަރ |
ރޭންކް: |
ޖީ .އެސް 4 |
ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 2 |
ޑިވިޜަން: |
ޕަރސަނެލް މެނޭޖްމަންޓް އެންޑް އޯގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް |
މުސާރަ: |
-/ 5020ރުފިޔާ |
ސަރވިސް އެލެވަންސް: |
-/1500 ރުފިޔާ |
ލިވިންގ އެލަވަންސް |
-/3000 ރުފިޔާ
|
އެހެނިހެން އެލަވަންސް: |
އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: -/1757 ރުފިޔާ
|
އޯވަރޓައިމް އެލަވަންސް: |
އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
މުއްދަތު: |
02 މަސް
|
ބޭނުންވާ ޢަދަދު: |
02
|
ތަޢުލީމާއި ތަޖުރިބާ: |
- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
މަޤާމްގެ މަސްއޫލިއްޔަތު: |
- އޮނިގަނޑަށް އަންނަބަދަލުތަކާއި މުވައްޒަފުންގެ މުސާރައަށާއި އޮފީސްތަކަށް އަންނަ ބަދަލުތައްފަދަ ބަދަލުތަކާއި އަދި މަގާމަށާއި މުވައްޒަފަށް އަންނަ އެކިބަދަލުތަކާއި ގުޅިގެން ދުވަހުން ދުވަހަށް ވިއުގަ އަޕްޑޭޓްކޮށް ބެލެހެއްޓުމާއި އަދި މީގެ ތެރެއިން އޮފީސްތަކަށް ފޮނުވަންޖެހޭ މަޢުލޫމާތު ފޮނުވުމަށްޓަކައި މަޢުލޫމާތު ތައްޔާރުކޮށް ޗެކްކުރުން.
- ޔުނިޓަށް ލިބޭ ސިޓީތަކާއި ޗިޓުތަކުގައި ހުންނަންޖެހޭ މަޢުލޫމާތު ފުރިހަމައަށް ހުރިތޯ ޗެކްކޮށް، މަޢުލޫމާތު ފުރިހަމަ މައްސަލައެއްނަމަ ޗިޓް ޖެހުން. އަދި މަޢުލޫމާތު ފުރިހަމަނުވާ ނުވަތަ ސާފުނުވާ މައްސަލަތައް ސިވިލް ސަރވިސް އިދާރާތަކަށް ގުޅައިގެން ސާފުކުރުމާއި އަދި މަޢުލޫމާތު ސާފުނުވާކަމުގެ ޗިޓް ތައްޔާރުކުރުމަށް ހޯދަންޖެހޭ މަޢުލޫމާތު ހޯދުން.
- ޔުނިޓަށް ލިބޭ ސިޓީތަކުގެ މަޢުލޫމާތު ސާފުކުރުމަށްފަހު ޔުނިޓް ހިންގެވުމާއި ޙަވާލުވެހުންނެވި ބޭފުޅެއްގެ ލަފާ ހޯއްދަވައި އެސިޓީތަކަށް ދޭންޖެހޭ ޖަވާބު ތައްޔާރުކޮށް އެޖަވާބުތައް ޔުނިޓް ހިންގެވުމާއި ޙަވާލުވެ ހުންނެވި ސުޕަވައިޒަރާއި ޙަވާލުކުރުމާއި، ކޮމިޝަންގެ އެކިއެކި ސެކްޝަންތަކަށް ފޮނުވަންޖެހޭ މެމޯ ސުޕަވައިޒަރު އަންގަވާ ގޮތެއްގެމަތިން ތައްޔާރުކޮށް ކަމާބެހޭ ސެކްޝަނަކާ ޙަވާލުކުރުން.
- ސިވިލް ސަރވިސް އިދާރާތަކުގެ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، ވަޒީފާ ބަދަލުކުރުމާއި ވަޒީފާއިން ވަކި ކުރުން.
- ސިވިލް ސަރވިސްގެ އިދަރާތަކުގެ ފާސްކޮށްފައި އޮންނަ އޮނިގަނޑާއި އެއްގޮތުގެ މަތިން މަޤާމު އުފެއްދުމާއި މަޤާމު އުވާލުމާއި ބެހޭ މަސައްކަތްކުރުން.
- 65 އަހަރު ފުރޭ މުވައްޒަފުންނަށް، 65 އަހަރު ފުރޭ ދުވަސް ބަލައި، ކަމާ ބެހޭ އިދާރާއަށާއި އެ މުވައްޒަފަކަށް އެންގުމަށް ސިޓީ ތައްޔާރުކޮށް، ދޭންޖެހޭ ޢިނާޔަތް ހިސާބުކޮށް ޗިޓް ޖެހުން.
- ޙަވާލުވެފައިވާ މަސައްކަތްތަކާއި ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްޢޫލިއްޔަތުތައް އަދާކުރުން.
- ސެކްޝަނުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:
|
23 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ)
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
|
ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
- ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިން ސައްތަ: %38)
- މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިން ސައްތަ: %8)
- އިންޓަރވިއު އަދި ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިން ސައްތަ: %54)
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: |
މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު 2014 އޮކްޓޫބަރު 26 އާއި 2014 އޮކްޓޫބަރު 29 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
|