މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކ.މަނިޔަފުށްޓާއި މާލެއާއި ދެމެދު ކުރަމުންދާ ދަތުރުތައް ކުރުމަށް 22 މީހުންގެ ޖާގައިގެ ލޯންޗް ހޯދުމާއި ގުޅޭ
މިމިނިސްޓްރީގެ ފަރާތުން މެރިކަލްޗަރ ރިސާރޗް އެންޑް ޑެމެންސްޓްރޭޝަންގެ ބޭނުމަށް ބޭނުންކުރަމުންދާ ކ.މަނިޔަފުށްޓާއި މާލެއާއި ދެމެދު ކުރަމުންދާ ދަތުރުތައް ކުރުމަށް 22 މީހުންގެ ޖާގައިގެ ލޯންޗެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 18 އޮގަސްޓް 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އީމެއިލަށް ގުޅޭނެ ނަންބަރާއި އެކު ކުންފުނީގެ ޕްރޮފައިލް އީމެއިލް ކޮށްދެއްވުން އެދި ދެންނެވީމެވެ.
މި ކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3322328 ނަންބަރު ފޯނަށެވެ، އީމެއިލް އިން ނަމަ [email protected] އަށެވެ.
11 އޮގަސްޓް 2022
ހޯދާ