މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހެނބަދޫ މަގުބައްތިތައް މަރާތުކުރުމާއި ޑިންގީ ޖެޓީގައި ލައިޓު ޖެހުމާއި ފެންހޮޅި އެޅުމުގެ މަސައްކަތްކުރުމާގުޅޭ.

 

އިޢުލާން

ހެނބަދޫ މަގުބައްތިތައް މަރާތުކުރުމާއި ޑިންގީ ޖެޓީގައި ލައިޓު ޖެހުމާއި ފެންހޮޅި އެޅުމުގެ މަސައްކަތްކުރުމާގުޅޭ.

            މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް، ހެނބަދޫގެ މަގުތަކުގައި ހުރި ބައެއް މަގުބައްތި މަރާމާތު ކުރުމަށާއި އަދި ޑިންގީ ޖެޓީގައި ލައިޓު ޖެހުމާއި ޑިންގީ ޖެޓީއަށް ފެންހޮޅި އެޅުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކޮށްފައިވާ، މި އިދާރާގެ އިޢުލާން ނަންބަރު (IUL)285-D/285/2022/41އާއި ގުޅިގެން އެކަށީގެންވާ ޢަދަދަށް އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށް،  އެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، ކައުންސިލުން ތަކެތި ދިނުމުން މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 25 އޮގަސްޓް 2022 ވާ ބުރާސްފަތި ދުވަހުގެ 13:00ށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 29 އޮގަސްޓް 2022 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00ށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

            މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކަށް މި އިޢުލާނާގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެއީ ބަދަލުގައި ފޮނުއްވާފައިވާ ފަރާތެއްކަން އެނގޭނެ ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އަދި  މި އިޢުލާނާގުޅިގެން އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ވިޔަފާރި ރެޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ރެޖިސްޓްރީގެ ކޮޕީއެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ރެޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

                      މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 މުޙައްރަމް 1444

22 އޮގަސްޓް 2022

                                                            އިލްޔާސް އިބްރާހީމް

                                                       ހެނބަދޫ ކައުންސިލްގެ ނައިބު ރައީސް

 

 

 

22 އޮގަސްޓް 2022
ހޯދާ