ޖުވެނައިލް ކޯޓް
ދިވެހިރާއްޖެ
ޖުވެނައިލް ކޯޓު ހިންގުމަށް ލިބިފައިވާ އިމާރާތް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މ.މާތިލައިގައި (ހަވީރީ ހިނގުމުގައި) ޖުވެނައިލް ކޯޓު ހިންގަމުންދާ ޢިމާރާތާއި އިންވެގެން އިރުމައްޗަށްހުރި ޢިމާރާތް (މެރިން ޕޮލިސް ކުރިން ހިންގި ޢިމާރާތް)، މިކޯޓުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދެއްވާނެ ފަރާތެއް ހޯދުމަށްޓަކައި މިކޯޓުން ކުރި ނަންބަރު (IUL)147-AIT/1/2022/9 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅުއްވާފައިނުވާތީ އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2022 ސެޕްޓެމްބަރ 01 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރައްވާ ބީލަމުގައި ބައިވެރިވެވަޑައިގަތުމަށް ނަންނޯޓު ކުރެއްވުމަށް ދަންނަވަމެވެ. މި ގޮތުން ފޮނުވާ އީ-މެއިލްގައި އަންނަވި މަޢުލޫމާތު ހިމަނުއްވަންވާނެއެވެ؛

-          ބިޑަށް ކުރިމަތިލައްވާ ފަރާތުގެ ނަން

-          ގުޅޭނެ ނަމްބަރު އަދި އީ-މެއިލް

-          ބީލަމުގެ އިޢުލާނު ނަމްބަރު

މި މަސައްކަތާއި ގުޅިގެން ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2022 ސެޕްޓެމްބަރ 04 ވާ އާދީއްތަ ދުވަހުގެ 14:00 ގައި ޖުވެނައިލް ކޯޓުގައެވެ. މިޢިއުލާނާއިއެކު، މަސައްކަތުގެ މަޢުލޫމާތު ކަރުދާހާއި ބީލަން ހުށަހަޅާފޯމު އެޓޭޗްކުރެވިފައިވާނެއެވެ.

އަދި ދަންނަވަމެވެ. މިމަސައްކަތް ކުރުމަށް އެދި އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ބައިވެރިވުމަށް ނަންނޯޓު ނުކުރާ ފަރާތްތަކާއި، ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބީލަމުގައި ބައިވެރިވުމަށް ނަންނޯޓުކުރައްވާފައިވާ ފަރާތުގެ ނަމުގައެވެ. 

22 އޮގަސްޓް 2022
ހޯދާ