މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

މަޤާމު: އެކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

ރޭންކް:  އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމު އޮތް ތަން / މަސައްކަތް ކުރަންޖެހޭ ތަން: މިލަންދޫ ކައުންސިލްގެ އިދާރާ

މަސައްކަތް ކުރަންޖެހޭ ސެކްޝަން:  އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް

މުސާރަ: މަހަކު 5610.00 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު 2000.00 ރުފިޔާ

އެހެނިހެން އިނާޔަތް: އިތުރުގަޑީގެ ފައިސާ އާއި ބަންދު ދުވަސްތަކުގެ ފައިސާ ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.

ބޭނުންވާ އަދަދު: 01

 

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  2. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ
  3. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްގައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން

 

މަޤާމުގެ މަސްއޫލިއްޔަތު:

1. ރަށުގެ އިޤުތިޞާދީ ހާލަތު ރަނގަޅުކުރުމަށް މަސައްކަތް ކުރުން.

2. ރަށުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް މަސައްކަތް ކުރުން. 

3. ކައުންސިލު އިދާރާއިން ރާވާ ޕްރޮގުރާމުތަކަށް ފަންޑު ހޯދުމަށް މަސައްކަތް ކުރުން.

4. ކައުންސިލް އިދާރާގެ ފައިނޭންޝަލް ޕްލޭން ތައްޔާރުކުރުމަށް އެހީތެރިވުން.

5. ކައުންސިލް އިދާރާގެ އިންޓާރނަލް އޮޑިޓްގެ ކަންކަން ކުރުން.

6. ކައުންސިލް އިދާރާއަށް ފައިސާ ލިބޭނެކަންކަމުގެ ރަޖިސްޓަރީ ބެލެހެއްޓުމާއި، އެކަންކަމުގެ ތަފާސްހިސާބު ބެލެހެއްޓުން.

7. ރަށަށް އިންވެސްޓްމަންޓުތައް ހޯދުމަށް މަސައްކަތްކުރުމާއި ވަޒީފާގެ ފުރުޞަތުތައް އިތުރު ކުރެވޭ ގޮތްތައް ހޯދުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ސިވިލް ސަރވިސް ކޮމިޝަނުން 01 އެޕްރީލް 2013 ގައި އަމަލުކުރައްވަން ފައްޓަވާފައިވާ ސިވިލް ސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަކުގެ ކްރައިޓީރިއާގައިވާ ގޮތުގެ މަތިންނެވެ.

 

އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި، ތާރީޚު:

  • މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު ކުރުން އޮންނާނީ 29، 30 އޮކްޓޫބަރު 2014 މި ދުވަސްތަކުގެ ތެރެއިން މިލަންދޫ ކައުންސިލްގެ އިދާރާއިން އަންގާ ދުވަހެއްގައެވެ. އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި 01 ދުވަސްކުރިން ލިޔުމުން އެންގޭނެއެވެ.

 

އެޕްލިކޭޝަންފޮނުވަންވީ ތަނާއި، ތާރީޚު:

  • މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ލިއުންތަކާއެކު، 27 އޮކްޓޫބަރު 2014 ވަނަދުވަހުގެ 14:00 ގެ ކުރިން ށ. މިލަންދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

 

ހުށަހަޅަންޖެހޭ ލިއުންތައް:

1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު ( އެޕްލިކޭޝަން ފޯމު މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. )

2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ( އެކްރެޑިޓް ކުރެވިފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު )

3. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ށ. މިލަންދޫ ކައުންސިލް އިދާރާގެ ވަޒީފާއަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިއުން.

4. ވަޒީފާއެއްގައި އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިއުމެއް.

5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ސާފު ކޮޕީއެއް (އަސްލާ އެއްގޮތަށް ތައްގަނޑު ޖަހާފައި އަސްލު)

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެހާއެކު )

 

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ ރަސްމީ ދުވަހު ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު: 6540063 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް އިންޓަވިއު ކުރެވޭނީ މި މަޤާމަށް ޝަރުޠު ފުރިހަމަވާ، ތަޢުލީމީ ފެންވަރު އެންމެ ރަނގަޅު ފަރާތްތަކާއެވެ.
16 އޮކްޓޫބަރު 2014
ހޯދާ