އައްޑޫ ހައި ސްކޫލް
ދިވެހިރާއްޖެ
2022 ވަނަ އަހަރު އައްޑޫ ހައި ސްކޫލުގެ ޑިޕްލޮމާ އަދި ޓިވެޓް ކޯސްތަކަށް ދަރިވަރުން ވެއްދުމަށް ފުރުސަތު ހުޅުވާލުން

2022 ވަނަ އަހަރު އައްޑޫ ހައި ސްކޫލްގެ ޕިއާރސަން ބީޓެކް އިންޓަރނޭޝަނަލް ލެވެލް 3 ޑިޕްލޮމާ ، ޕިއާރސަން ބީޓެކް އިންޓަނޭޝަނަލް ލެވެލް 3 އެކްސްޓެންޑެޑް ޑިޕްލޮމާ އަދި ޓިވެޓް ކޯސްތަކަށް ދަރިވަރުން ވެއްދުމަށް ފުރުސަތު ހުޅުވާލުން

ޝަރުތުތައް: (ޕިއާރސަން ބީޓެކް އިންޓަރނޭޝަނަލް ލެވެލް 3 ޑިޕްލޮމާ އަދި އެކްސްޓެންޑެޑް ޑިޕްލޮމާ)

  • ޕިއާރސަން ބީޓެކް އިންޓަރނޭޝަނަލް ލެވެލް 2 ޑިޕްލޮމާ ކޯހަކުން ދަށްވެގެން "ޕާސް" ލިބިފައިވުން ނުވަތަ
  • އައި.ޖީ.ސީ.އެސް.ސީ، ޖީ.ސީ.އީ އޯ-ލެވެލް އިމްތިޙާނާއި އެސް.އެސް.ސީ. އިމްތިޙާނުގެ ކޮންމެވެސް 4 މާއްދާއަކުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
  • ރާއްޖެއިން ބޭރުގައި ގްރޭޑް 10 އެއް ނިންމާފައިވާ ދަރިވަރުން އެކުދިންގެ އެންމެ ފަހަކަށް ނިންމި ސްކޫލްގެ މާކް ޝީޓް ހުށަހެޅުމުން އެއަށް ބަލާފައި ޖާގަ ދެވޭނެއެވެ.

 

ޝަރުތުތައް: (ޓިވެޓް ކޯސް ލެވެލް 4)

  • ދަސްވާރުން ލެވެލް 3 ގެ ފާހެއް ލިބިފައިވުން، ނުވަތަ
  • އައި.ޖީ.ސީ.އެސް.ސީ، ޖީ.ސީ.އީ އޯ-ލެވެލް އިމްތިޙާނާއި އެސް.އެސް.ސީ. އިމްތިޙާނުގެ ކޮންމެވެސް އެއް މާއްދާއަކުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

 

މަތީގައިވާ ޝަރުތުތަކުގެ އިތުރަށް މަތީ ޘާނަވީ ތަޢުލީމުގެ މަރުޙަލާއަށް ދަރިވަރުން ވަނުމަށް އިތުރަށް ބަލާ ޝަރުތުތައް:

  • ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާޢިދާ ޚިލާފުވެފައިވާ، ނުވަތަ ޝަރުޢީ މައްސަލައެއްގައި ޙުކުމެއް އިއްވާފައިވާ ކުއްޖެއްކަމުގައި ނުވުން.
  • ހިނގަމުންދާ އަހަރުގެ 01 މާރިޗަށް 19 އަހަރު ފުރިފައި ނުވުން.
  • އަޚްލާޤު ރަނގަޅު ކުއްޖެއްކަމުގައިވުން. ކުދީން ވެއްދުމުގައި ބަލާނީ  ސްކޫލް ލީވިންގ ސެޓްފިކެޓްގައިވާ ދަރިވަރުގެ އަޚްލާގާ ބެހޭ ބައިގައިވާ މަޢުލޫމަތަށާއި، އަދި ބޭނުންވެއްޖެ ހިނދެއްގައި ސްކޫލްގެ ފަރާތުން ހޯދޭ އަޚްލާޤީ ރިޕޯޓްތަކުގެ މައްޗަށް ކުދިން ވެއްދުމުގައި ބެލޭނެއެވެ.

އިންޓަނޭޝަނަލް އެޑްވާންސް ލެވެލް (IAL) ، ޕިއާރސަން ބީޓެކް އިންޓަރނޭޝަނަލް ލެވެލް 3 ޑިޕްލޮމާ އަދި އެކްސްޓެންޑެޑް ޑިޕްލޮމާ އަދި ޓިވެޓް ކޯސްތަކަށް ކުދިން ވެއްދުމަށް މިސްކޫލުގައި އޮތީ 170 ޖާގައެވެ. މި ސްކޫލަށް ވަނުމަށް ހުށަހަޅާފައިވާ، ޝަރުތުހަމަވާ ހުރިހާ ދަރިވަރުންނަށް ސްކޫލުން ޖާގަ ދެވެން ނެތްނަމަ، ފުރުސަތު ދެވޭނީ ސްކޫލުގައި ޖާގަ އޮތް މިންވަރަށް ބަލައި، ހުށަހަޅާފައިވާ ދަރިވަރުންގެ ތެރެއިން ނަތީޖާ އެންމެ ރަނގަޅު ދަރިވަރުންނަށެވެ.

  •  2022 ދިރާސީ އަހަރު، އައްޑޫހައި ސްކޫލްގެ ޕިއާރސަން ބީޓެކް އިންޓަރނޭޝަނަލް ލެވެލް 3 ޑިޕްލޮމާ އަދި ޕިއާރސަން ބީޓެކް އިންޓަނޭޝަނަލް ލެވެލް 3 އެކްސްޓެންޑެޑް ކޯހަށް ކުދިން ވެއްދުމަށް އެދޭ އެޕްލިކޭޝަން ފޯމް މި ސްކޫލުގެ ރިސެޕްޝަންއިން ލިބެން ހުންނާނެއެވެ.

ޕިއާރސަން ބީޓެކް އިންޓަރނޭޝަނަލް ލެވެލް 3 ޑިޕްލޮމާ އަދި ޕިއާރސަން ބީޓެކް އިންޓަނޭޝަނަލް ލެވެލް 3 އެކްސްޓެންޑެޑް  ކޯސް ތަކުގެ ދަށުން މި ސްކޫލުން ހުށަހަޅާ ކޯސްތައް:

  1. ބީޓެކް އިންޓަރނޭޝަނަލް ލެވެލް 3 ޑިޕްލޮމާ އަދި އެކްސްޓެންޑެޑެ ޑިޕްލޮމާ އިން އެޕްލައިޑް ސައިންސް
  2. ބީޓެކް އިންޓަރނޭޝަނަލް ލެވެލް 3 ޑިޕްލޮމާ އަދި އެކްސްޓެންޑެޑެ ޑިޕްލޮމާ އިން ބިޒްނަސް
  3. ބީޓެކް އިންޓަރނޭޝަނަލް ލެވެލް 3 ޑިޕްލޮމާ އަދި އެކްސްޓެންޑެޑެ ޑިޕްލޮމާ އިން ހޮސްޕިޓާލިޓީ
  4. ބީޓެކް އިންޓަރނޭޝަނަލް ލެވެލް 3 ޑިޕްލޮމާ އަދި އެކްސްޓެންޑެޑެ ޑިޕްލޮމާ އިން  ޓްރެވެލް އެންޑް ޓޫރިޒަމް
  5. ބީޓެކް އިންޓަނޭޝަނަލް ލެވެލް  3 ޑިޕްލޮމާ އަދި އެކްސްޓެންޑެޑެ ޑިޕްލޮމާ އިން ޖިނިއަރިން

ފޯމާއި އެކު ހުށަހަޅަންޖެހޭ ތަކެތި:

  • ޖީ.ސީ.އީ، އައި.ޖީ.ސީ.އެސް.އީ ނުވަތަ ޕިއާރސަން ބީޓެކް އިންޓަރނޭޝަނަލް ލެވެލް 2 އަދި އެސް.އެސް.ސީ ނަތީޖާގެ ކޮޕީ
  • ސްކޫލް ލީވިންގ ސެޓްފިކެޓް
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ޕާސްޕޯޓް ސައިޒް ފޮޓޯ

 

ފޯމް ބަލައިގަތުން:

 ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 13:00 އަށް ސްކޫލް ރިސެޕްޝަންއިން ފޯމް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވާނެވެ.

އޮންލައިންކޮށް ފޯރމް ހުށަހަޅަން އެދިލައްވާނަމަ، އެޕްލިކޭޝަން ފޯރމް އަދި މަތީގައި ދެންނެވިފައިވާ ލިޔެކިއުންތައް ސްކޭން ކުރެއްވުމަށްފަހު މި ސްކޫލްގެ ސްޓޫޑެންޓް ސަރިވިސެސްގެ މެއިލްއަށް  [email protected]  ފޯމު ހުށަހެޅުމުގެ ސުންގަޑީގެ ކުރިން މެއިލް ކުރަންވާނެއެވެ.

ފޯރމް ފުރުމުގެ ކުރިން އިތުރު މަޢުލޫމާތު ސާފްކުރައްވަން ބޭނުންފުޅުވާނަމަ، ސްކޫލުގެ އޮފީހުގެ ރިސެޕްޝަންއިން މަޢޫލޫމާތު  ސާފުކުރެއްވުމުގެ ފުރުސަތު ހުޅުވިފައިވާ ވާހަކަ ދެންނެވީމެވެ.

އެޕްލިކޭޝަން ފޯރމް ފުރިހަމަ ކުރުމަށްފަހު މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއިއެކު ހުށަހަޅަންޖެހޭ އެންމެ ފަހުގެ ތާރީޚަކީ 01 ސެޕްޓެމްބަރ 2022 އެވެ.

މަތީގައި ދެންނެވިފައިވާގޮތުގެ މަތިން ސްކޫލަށް ވަންނަން އެދޭ ދަރިވަރުންނަށް ފުރުޞަތު ހުޅުވާލިކަން އާންމުކޮށް    އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

22 އޮގަސްޓް 2022
ހޯދާ