ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބްލޫ ބޯވްލް ސަރަހައްދުގައި ފައްތިޔާ އެޅުމަށް ސަރވޭ ކުރާނެ ފަރާތެއް ހޯދުން

                                            

 

އިޢުލާން

ނަންބަރ:

 (IUL)421/421/2022/36

ތާރީޚް

‏ 24 މުޙައްރަމް 1444

 22 އޮގަސްޓް 2022

 

ބްލޯ ބޯވްލް ސަރަހައްދުގައި ފައްތިޔާ އެޅުމަށް ސަރވޭ ކުރުން

 

މިރަށު އިރުމަތީ ފަރާތު ( ބްލޯ ބޯވްލް ސަރަޙައްދު ) ކަނޑު އޮޅީގައި ފައްތިޔާ އެޅުމަށް ސަރވޭކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ،މިދެންނެވި ސާރވޭ ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން މިއިދާރާގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ ސަރުކާރު ބަންދުނޫން ދުވަސްތަކުގައި 6840005 ނަންބަރު ފޯނަށް ގުޅުއްވައިގެން ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު،ކަނޑައެޅިފައިވާ ސުންގަޑިޔަށް އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ. މިކަމާގުޅޭ މަޢުލޫމާތު ޝީޓް ބިޑުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އީމެއިލްގެ ޒަރީއާއިން ފޮނުވާލެވޭނެވެ. މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި

30/08/2022

އަންގާރަ

14:00

އަންދާސީ ހިސާބް ހުށަހެޅުމުގެ ސުންގަޑީ

05/09/2022

ހޯމަ

13:00

 

 

         އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

            

 

 

 

 

                                                                   ހާޝިރު މުޙައްމަދު

                                                                ކައުންސިލްގެ ނާއިބް ރައީސް

22 އޮގަސްޓް 2022
ހޯދާ