ދިވެހިރާއްޖެ
އަބޫބަކުރު ސްކޫލަށް ސައުންޑް ސިސްޓަމް ސަޕްލައި ކޮށްދޭނެފަރާތެއް ހޯދުމަށް އިޢުލާން IUL) GS-73/GS-73/2022/16) ކުރެވުނުހިނދު ބިޑް ހުށަހަޅާފައިވަނީ އެއްފަރާތުން ކަމަށްވާތީ، ދެވަނަ ފަހަރަށް އިޢުލާން ކުރީމެވެ.
މި ސްކޫލުން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް މި ސްކޫލަށް ސައުންޑް ސިސްޓަމެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށް، [email protected] އަށް މެއިލް ކުރައްވައިގެން ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ފޯން: 6842095 އަށް ގުޅުއްވުން އެދެމެވެ. މި ޕްރޮޖެކްޓާބެހޭ މަޢުލޫމާތު ކަރުދާހާއި ބީލަންފޮތް މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.
ރަޖިސްޓްރީ ކުރުމުގެ ސުންގަޑި |
އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑި |
2022 އޮގަސްޓް 28 ވާ އާދިއްތަ ދުވަހުގެ ގެ 12:00 ގެ ކުރިން |
2022 އޮގަސްޓް 30 ވާ އަންގާރަ ދުވަހުގެ 12:00 |
- ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ފޮނުއްވާ މެއިލްގައި ތިރީގައިވާ ހުރިހާ މައުލޫމާތެއް ހިމަނަންވާނެއެވެ. މި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ ރެޖިސްޓްރޭޝަން އީމެއިލް ބަލައިނުގަނެވޭނެއެވެ.
- އިޢުލާން ނަންބަރު
- ކުންފުނީގެ/އަމިއްލަ ފަރާތުގެ ނަން
- ގުޅޭނެ ފޯނު ނަންބަރު
މަތީގައިވާ މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު ފޮނުވާ އީމެއިލް ތަކަށް "ރެޖިސްޓްރޭޝަން ކޮންފޮމޭޝަން" އެއްގެ ގޮތުން މި ސްކޫލުން އީމެއިލް ކުރާނެ ވާހަކަ ދެންނެވީމެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 28 އޮގަސްޓް ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑެރެހަށް އީމެއިލް ފޮނުއްވުން އެދެމެވެ.
އަބޫބަކުރު ސްކޫލް / ގދ.ތިނަދޫ
އީ-މެއިލް: [email protected]
22 އޮގަސްޓް 2022