ދިވެހިރާއްޖެ
އަބޫބަކުރު ސްކޫލުން ފޯރުކޮށްދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މި ސްކޫލުގެ ސެން ޔުނިޓް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން IUL) GS-73/GS-73/2022/13) ގައިވާ މަޢުލޫމާތުގެ ކުށަކާ ގުޅިގެން، އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.
މި ސްކޫލުން ފޯރުކޮށްދޭ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށް އަމިއްލަ ތަކެތީގައި މި ސްކޫލުގެ ސެން ޔުނިޓް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށް، [email protected] އަށް މެއިލް ކުރައްވައިގެން ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ފޯން: 6842095 އަށް ގުޅުއްވުން އެދެމެވެ. މި ޕްރޮޖެކްޓާބެހޭ މަޢުލޫމާތު ކަރުދާހާއި ބީލަންފޮތް މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.
ރަޖިސްޓްރީ ކުރުމުގެ ސުންގަޑި |
އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑި |
2022 އޮގަސްޓް 28 ވާ އާދިއްތަ ދުވަހުގެ ގެ 12:00 ގެ ކުރިން |
2022 އޮގަސްޓް 31 ވާ ބުދަ ދުވަހުގެ 12:00 އަށް |
- ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ފޮނުއްވާ މެއިލްގައި ތިރީގައިވާ ހުރިހާ މައުލޫމާތެއް ހިމަނަންވާނެއެވެ. މި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ ރެޖިސްޓްރޭޝަން އީމެއިލް ބަލައިނުގަނެވޭނެއެވެ.
- އިޢުލާން ނަންބަރު
- ކުންފުނި / އަމިއްލަ ފަރާތުގެ ނަން
- ގުޅޭނެ ފޯނު ނަންބަރު
މަތީގައިވާ މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު ފޮނުވާ އީމެއިލް ތަކަށް "ރެޖިސްޓްރޭޝަން ކޮންފޮމޭޝަން" އެއްގެ ގޮތުން މި ސްކޫލުން އީމެލް ކުރާނެ ވާހަކަދެންނެވީމެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް 28 އޮގަސްޓް ވާ އާދީއްތަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީމެއިލް ފޮނުއްވުން އެދެމެވެ.
އަބޫބަކުރު ސްކޫލް / ގދ.ތިނަދޫ
އީ-މެއިލް: [email protected]
22 އޮގަސްޓް 2022