ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ 'ސްކިލްސް ފޮރ އަ ރެޒިލިއަންޓް ވާރކްފޯސް' ޕްރޮޖެކްޓް ގެ ޕްރޮގްރާމެއްކަމަށްވާ 'ނޭޝަނަލް ސެޓްފިކެޓް 3 އިން ޕްރޮގްރާމިން – National Certificate 3 in Programming'، 2022 އޮގަސްޓް މަހުގެތެރޭގައި، މި އިދާރާއާއި ސައިރިކްސް ކޮލެޖާއި ގުޅިގެން، ތުލުސްދޫގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
"ސްކިލްސް ފޮރ އަ ރެޒިލިއަންޓް ވާރކްފޯސް" އަކީ ދިވެހި ސަރުކާރުގެ އިސްނެގުމުގެ ދަށުން ކޯވިޑް-19ގެ ހާލަތުން އަރައިގަނެ އިޤްތިޞާދު އަލުން ފެށުމަށް ތައްޔާރުވާއިރު އެކި ސިނާޢަތްތަކަށް ބޭނުންވާ ދިވެހިން ތަމްރީނުކުރުމަށް ފައްޓަވާފައިވާ ޕްރޮގްރާމެކެވެ. މި ކޯހުގައި ކިޔަވާ ދަރިވަރުންނަށް ކަނޑައެޅޭ އުސޫލެއްގެ ދަށުން 2000.00ރ. (ދެހާސްރުފިޔާ) ގެ ޕޮކެޓްމަނީއެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގެ މުއްދަތަކީ 20 ހަފްތާއެވެ.
ވީމާ، ތިރީގައި މިދަންނަވާ ޝަރުތުތައް ފުރިހަމަވެފައިވާ ފަރާތްތަކުން މި އިދާރާއަށް ދުރުވެ ފޯމު ނެންގެވުމަށްފަހު، 2022 އޮގަސްޓް 25 ވާ ބުރާސްފަތިދުވަހުގެ 12:00 ގެ ކުރިން މި އިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ.
ސެޓްފިކެޓް 3 އިން ޕްރޮގްރާމިން – National Certificate 3 in Programming' ކޯހުގައި ބައިވެރިވުމުގެ ޝަރުތު؛
1 – 16 އަހަރާއި 35 އަހަރާދެމެދުގެ ފަރާތެއް ކަމުގައިވުން
2 – ލެވެލް 3 ނުވަތަ އެއަށްވުރެ މަތީ ސެޓްފިކެޓެއް އޮތް ފަރާތެއް ކަމުގައިނުވުން
3 – ގްރޭޑް 7 ނިމިފައިވާ ފަރާތެއް ކަމުގައިވުން، ނުވަތަ ލެވެލް 2 ގެ ސެޓްފިކެޓެއް ލިބިފައިވުން، ނުވަތަ 16 އަހަރު ފުރިފައިވުމާއިއެކު ކޯހުގައި ކިޔަވައިދޭ ބަހުން (އިނގިރޭސި ބަހުން) މުޢާމަލާތް ކުރަން އެނގުން.
ކޯހުގައި ބައިވެރިވާ ފަރާތްތަކުން ބޭނުންކުރަންޖެހިވަޑައިގަންނަވާނީ އަމިއްލަ ލެޕްޓޮޕް ކަމުގައި ދަންނަވަމެވެ. އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ މިއިދާރާގެ ނަންބަރު 6644234 ފޯނާ ގުޅުއްވުން އެދެމެވެ.