ދިވެހިރާއްޖެ
އިޢުލާން
ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ބާއްވާ ވޯލްޑް ހެލްތު އެސެމްބްލީގެ ތެރެއިން ކޮންމެ އަހަރަކުވެސް ދެމުން އަންނަ ތިރީގައިވާ އިނާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު އެޖަމިއްޔާއިން ޢާއްމުކޮށް ވަނީ ހުޅުވާލާފައެވެ.
- ސަސަކަވާ ހެލްތު ޕްރައިޒް
- ޔުނައިޓެޑް އަރަބް އެމިރޭޓްސް ހެލްތު ފައުންޑޭޝަން ޕްރައިޒް
- ސްޓޭޓް އޮފް ކުވައިތު ހެލްތު ޕްރޮމޯޝަން ފައުންޑޭޝަން، "ހިޒް ހައިނެސް ޝައިޚް ޞަބާޙް އަލް-އަޙްމަދް އަލް-ޖާބިރް އަލް-ޞަބާޙް ޕްރައިޒް ފޮރ ރިސަރޗް އިން ހެލްތު ކެއަރ ފޮރ ދި އެލްޑަރލީ އެންޑް އިން ހެލްތު ޕްރޮމޯޝަން"
- ޑރ. ލީ ޖޮންގ-ވޫކް މެމޯރިއަލް ޕްރައިޒް ފޮރ ޕަބްލިކް ހެލްތު
- ނެލްސަން މަންޑެލާ އަވޮރޑް ފޮރ ހެލްތު ޕްރޮމޯޝަން
މަތީގައިވާ އިނާމްތަކުގެ ތެރެއިން ކޮންމެ އިނާމަކަށްވެސް މެމްބަރު ޤައުމަކުން ހުށަހެޅެނީ 1 (އެކެއް) ފަރާތުގެ ނަމެވެ. ނަން ހުށަހަޅާއިރު އެފަރާތްތަކުން ކޮށްފައިވާ މަސައްކަތްތަކާއި ހުށަހަޅާ ލިޔެކިޔުންތަކަށް ރިޢާޔަތްކުރެވޭނެއެވެ.
ވީމާ، މި އިނާމްތަކަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު، ހާޑް ކޮޕީސް އަދި ސޮފްޓް ކޮޕީސް (ސީޑީ ނުވަތަ ފެންޑްރައިވްއަކަށް އެޅުމަށްފަހު)، 15 ސެޕްޓެމްބަރ 2022 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތުގެ ރިސެޕްޝަނަށް ހުށަހެޅުމަށް އެދެމެވެ.
މި އިނާމުތަކާއިބެހޭ އިތުރު މަޢުލޫމާތާއި އެޕްލިކޭޝަން ފޯމް ތިރީގައިވާ ލިންކް އިން ލިބިވަޑައިގަންނަވާނެއެވެ. https://apps.who.int/gb/awards/)) މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ޕޮލިސީ އިމްޕްލިމެންޓޭޝަން އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް ޑިވިޜަން (3014473) އަށް ގުޅުއްވުން އެދެމެވެ.