މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީގައި ބެނުންކުރަމުންދާ ޓެނަންސީ ޕޯޓަލް އަދި ސްޓްރާޓާ މެނޭޖްމަންޓް ޕޯޓަލް އަށް ބޭނުންވާ ކޮންޓެންޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ،ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި ބެނުންކުރަމުންދާ ޓެނަންސީ ޕޯޓަލް އަދި ސްޓްރާޓާ މެނޭޖްމަންޓް ޕޯޓަލް އަށް ބޭނުންވާ ކޮންޓެންޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މި މަސައްކަތާއި ގުޅޭ ޓީޢޯއާރ މި އިއުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

ބީލަމާއި ގުޅޭ މަޢުލޫމާތު ސެޝަން އޮންނާނީ 24 އޮގަސްޓް 2022 ވާ ބުދަ ދުވަހުގެ މެންދުރު 11:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ.

އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 28 އޮގަސްޓް 2022 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00 ގެކުރިން[email protected] އަށް އީމެއިލްކޮށްދެއްވުން އެދެމެވެ.

ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 29 އޮގަސްޓް 2022 ވާ ހޯމަ  ދުވަހުގެ މެންދުރު 11:00ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ.

21 އޮގަސްޓް 2022
ހޯދާ