މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
ސީނިއަރ އެކައުންޓްސް އޮފިސަރ

                             ވަޒީފާގެ ފުރުޞަތު

މަގާމު

ސީނިއަރ އެކައުންޓްސް އޮފިސަރ

ރޭންކް/ކްލެސިފިކޭޝަން

 MS3/ ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސަރވިސް

މިޑްލް މެނޭޖްމަންޓް ސަރވިސް

ޑިޕާޓްމަންޓް / ސެކްޝަން

ފައިނޭންސް އެންޑް އެކްއިޒިޝަން

ބޭނުންވާ ޢަދަދު

1

މުސާރަ

-/7035 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ

އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ތަޢްލީމާއި ތަޖްރިބާ

1- ފައިނޭންސް / އެކައުންޓިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުން.

މަގާމުގެ މައިގަނޑު  މަސްއޫލިއްޔަތު

1- މިނިސްޓްރީގެ ފައިނޭންސް އެންޑް އެކުއިޒިޝަން ޑިޕާޓްމަންޓް ހިންގުމުގައި ޑިރެކްޓަރ ޖެނެރަލްއަށް އެހީތެރިކަން ފޯރުކޮށްދިނުމާއެކު، މިނިސްޓްރީއާއި އެމް.އެން.ޑީ.އެފްގެ ބަޖެޓާއި، ބަޖެޓާއި ނުބެހޭ އެކައުންޓްތަކުން ކުރެވޭ ޚަރަދުތައް ބަލަހައްޓައި، އެޚަރަދުތައް ކުރަމުންދަނީ ގަވާއިދާއި އެއްގޮތަށްތޯ ބެލުން.

2- ކުރިއަށްއޮންނަ އަހަރަށް ލަފާކުރާ ބަޖެޓް، މިނިސްޓްރީ އޮފް ފިނޭންސްއިން އަންގަވާގޮތެއްގެމަތީން ތައްޔާރުކުރުން.

3- ބަޖެޓް ނުވަތަ ބަޖެޓާ ނުބެހޭ އެކައުންޓްތަކުން ކުރަންޖެހޭ ޚަރަދުތައް ކުރުމަށްޓަކައި ލިބޭ ބިލްތަކާއި ލިޔުންތައް ބެލުން.

4- ބަޖެޓްތަކުގެ އައިޓަމްތަކުގެ ބާކީ ހުރިނެތްގޮތްބަލާ، ޑެބިޓްވާ ކޯޑްތައް އެޖެސްޓްކުރުމަށް މިނިސްޓްރީ އޮފް ފިނޭންސްއަށްފޮނުވުން.

5- މިނިސްޓްރީގެ ފައިނޭންސް އެންޑް އެކްއިޒިޝަންގެ އަހަރީ ރިޕޯޓް (މާލީބަޔާން) ތައްޔާރުކުރުމުގައި ޑިރެކްޓަރ ޖެނެރަލްއަށް އެހީތެރިކަން ފޯރުކޮށްދިނުން.

6- ޑިޕާޓްމަންޓްގައި ކުރާ މަސައްކަތްތައް ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ހަލުވިކޮށް ކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތައް ދެނެގަނެ، އެފަދަ އިންތިޒާމްތައް ގާއިމްކުރަން މަސައްކަތްކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން

27 އޮކްޓޫބަރު 2014 ވާ ހޯމަ ދުވަހުގެ ދުވަހު 14.00 ގެ ކުރިން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ (ބަންޑާރަކޮށި/އަމީރުއަހްމަދު މަގު) އަށް

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް މިނިސްޓްރީގެ ކައުންޓަރުންނާއި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ލިބެންހުންނާނެ).

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

3- ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ފަދަ ކޮޕީ.

4- ވަޒީފާއަށް އެދޭފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ).

5- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން އަދި ޚިދުމަތުގައި ދެމިތިބި މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

6- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ، އެތަންތަނުގައި ވަޒީފާ އަދާކުރިގޮތުގެ ލިޔުންތައް.

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ލިބިފައިވާ ތަމްރީނާއި މަސައްކަތު ތަޖްރިބާ

- މަސައްކަތު އަޚްލާޤް

- މަސައްކަތްކުރުމުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް

- ކޮމިއުނިކޭޝަން ސްކިލްސް ނުވަތަ މައުލޫމާތު ލިޔުމުންނާއި އަނގަބަހުން އެހެންފަރާތްތަކަށް ފޯރުކޮށްދިނުމުގެ ހުނަރު.

އިންޓަވިއު ކުރުން

މިމަގާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ 2 ނޮވެންބަރު 2014 އިން ފެށިގެން މި މިނިސްޓްރީގައެވެ. އަދި އިންޓަވިއު އޮންނަ ތާރީޚުގެ 3 ދުވަސް ކުރިން އެމީހަކަށް އަންގާނަމެވެ.

ނޯޓް: މިވަޒީފާއަށް އެދިލައްވާފައިވާ ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢްލީމީ ފެންވަރަށާއި ތަޖްރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އަދި އިންޓަވިއު ކުރާނީ ޝޯޓް ލިސްޓް ކުރެވުނު 10 ފަރާތާއެވެ.

މަސައްކަތްކުރަންޖެހޭތަން

މި މަގާމުތަކުގައި ވަޒީފާ އަދާކުރާމުވައްޒަފުން ޢާއްމުގޮތެއްގައި މަސައްކަތްކުރަންޖެހޭނީ މާލޭގައެވެ.

އިތުރު މަޢްލޫމާތު

މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3342967، 3313724 ނަންބަރު ފޯނާއެވެ.

14 އޮކްޓޫބަރު 2014
ހޯދާ