މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޖޫނިއަރ އޮފިސަރ

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

ޖޫނިއަރ އޮފިސަރ

ބޭނުންވާ ޢަދަދު

 1 ( އެކެއް )

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް (1  އަހަރު ދުވަހަށް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ހިއުމަންރިސޯސް އެންޑް އެޑްމިން ޑިޕާޓްމެންޓް /މިފްކޯ ހެޑް އޮފީސް

މުސާރަ

10201.00  ރުފިޔާ

އިތުރު ޢިނާޔަތްތައް:

  • އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ އިނާޔަތުގެ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު، ދަަަަށްވެގެން ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުން.  

މަޤާމުގެ މަސްޢޫލިއްޔަތު:

  • ކުންފުނީގެ ފަރާތުން ސަރުކާރުގެ އޮފީސްތަކަށާއި އަމިއްލަ ފަރާތްތަކަށް ފޮނުވުމަށް ޙަވާލުކުރެވޭ އެންމެހާ ލިޔެކިޔުންތައް ޙަވާލުކުރުން.
  • ކުންފުންޏަށް ބޭރުންލިބޭ ޑޮކިއުމަންޓްތަކާއި ފޮނުވޭ ޑޮކިއުމަންޓްތައް މާސްޓަރ ރެޖިސްޓްރީއެއްގައި އެންޓަރކޮށް ބެލެހެއްޓުމާއި ފައިލްކުރުން.
  • ރާއްޖެއިން ބޭރަށާއި ރާއްޖެތެރެއަށް ކުންފުނީގެ ފަރާތުން ކުރުވަންޖެހޭ ދަތުރުތަކުގެ ރިޒަވޭޝަން ހެދުމާއި ޓިކެޓްނަގަން ހަމަޖައްސާފައި އޮންނަ އުޞޫލުން ޓިކެޓްނަގައި ދަތުރުތަކުގެ އެންމެހާ ކަންތައްތައް ހަމަޖެއްސުން.
  • އިންޝޫރެންސް ކޮށްފަހުންނަ އުޅަދުފަހަރުގެ އިންޝޫރެންސް ކަންތައްތައް ބަލަހައްޓައި ، އަލަށް އިންޝޫރެންސް ކުރަންޖެހޭ އުޅަދުފަހަރު އިންޝޫރެންސް ކޮށް ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  • ވަޒީފާއަށް އަންނަ ބަދަލާއިގުޅިގެން ހަދަންޖެހޭ ޗިޓްތައް ހަދައި ޙަވާލުކުރުމާއި، ޑިޕާރޓްމަންޓްގެ އެހެނިހެން މުހިއްމު ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ބ- ޕޮލިސްރިޕޯޓް.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަން އަށް ނުވަތަ

އީމެއިލް ކުރައްވާނީ  [email protected] އަށެވެ.

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 25 އޮގަސްޓް 2022 ވަނަ ދުވަހުގެ މެންދުރު 14:00 އެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932ފޯނަށް ގުޅުއްވުން އެދެމެވެ.

21 އޮގަސްޓް 2022
ހޯދާ