އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބެޑްމިންޓަން ކޯޓުގެ ހުޅަނގަށް ޗާންދަނީމަގަށް ކުރިމަތިވާ ގޮތަށް އޮތް ހުސްބިމުގައި އިމާރާތެއް ހެދުން

ބީލަންހުށަހެޅުމަށް ރަޖިސްޓަރީ ވުމަށް، 2022 އޯގަސްޓު 30 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ބަންދުނޫން ކޮންމެ ދުވަހަކު މި އިދާރާއަށް ވަޑައިގެން މިބީލަމުގެ

"ބީލަން ރަޖިސްޓްރޭޝަން ޝީޓް" ރަޖިސްޓަރީ ކުރެވޭނެއެވެ. ދެންނެވިފައިވާ މުއްދަތުގައި އިއުލާނާ އެއްހީރަސްކޮށްފައިވާ ރަޖިސްޓްރޭޝަން ފޯމު ފުރުއްވައި މިއިދާރާގެ

[email protected]  މެއިލް ކުރެއްވުމުން ރަޖިސްޓަރީ ކުރާނެއެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014)

ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައްކަމުގައި

ދެންނެވީމެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ނުވާފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

މަސައްކަތުގެ ޕްރީބިޑް / މަޢުލޫމާތު ދިނުމުގެ ބައްދަލުވުން  އޮންނާނީ، 2022 އޮގަސްޓު 31 ވާ ބުދަ ދުވަހުގެ 11:00 ގައި ތޮއްޑޫ ކައުންސިލް އިދާރާގެ ޖަލްސާކުރާމާލަމުގައެވެ. 

މި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 2022 ސެޕްޓެމްބަރ 5 ވާ ހޯމަ ދުވަހުގެ 11:00 ގައި ތޮއްޑޫ ކައުންސިލް އިދާރާގެ ޖަލްސާކުރާމާލަމުގައެވެ.  ބީލަން ހުށަހަޅަންޖެހޭނީ ބަންދުކުރެވިފައިވާ

ސިޓީއުރައެއްގައި ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި " ބެޑްމިންޓަން ކޯޓުގެ ހުޅަނގަށް ޗާންދަނީމަގަށް ކުރިމަތިކޮށް އޮތް ހުސްބިމުގައި އިމާރާތެއް ހެދުން" މިހެން ލިޔެފައި

އޮންނަންވާނެއެވެ.މި ބީލަމާގުޅޭ ގުޅުއްވާނީ 6660537 / 9180006 މިނަންބަރު ފޯނަށެވެ. 

ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 އޮގަސްޓް 2022
ހޯދާ