ދިވެހިރާއްޖެ
ނަންބަރު:(IUL)421/421/2022/35
އިޢުލާން |
ނަންބަރ: |
(IUL)421/421/2022/35 |
ތާރީޚް |
23 މުޙައްރަމް 1444 |
|
21 އޮގަސްޓް 2022 |
ޒުވާނުންގެ މަރުކަޒާއި އެތާގެދަށުން ހިންގާ ކުޅިވަރު ކުޅޭ ތަންތަނާއި،އެތަންނާއިގުޅިފައިވާ މަގުތައް ސާފުކޮށް ބެލެހެއްޓުން
މިރަށު ޒުވާނުންގެ މަރުކަޒުގެ ގޯތިތެރެއާއި،ވޮލީ ކޯޓު އަދި ފުޓްސަލް ދަނޑާއި އެތަންތާގެ ވަށައިގެންވާ މަގުތައް 01 ސެޕްޓެމްބަރ 2022 އިން 30 އޮގަސްޓް 2023 ވަނަ ދުވަހުގެ ނިޔަލަށް ކުނިކަހާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 29 އޯގަސްޓް 2022 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ސިޓީ ފޮނުވުން އެދެމެވެ.
ކުރަންޖެހޭ މަސައްކަތްތައް:
- ޒުވާނުންގެ މަރުކަޒުގެ ގޯތިތެރެއާއި،ވޮލީ ކޯޓު އަދި ފުޓްސަލް ދަނޑާއި އެތަންތާގެ ވަށައިގެންވާ މަގުތައް އެއްކޮށް ސާފުކުރުން
މަސައްކަތް ހަވާލުކުރުމުގައި ބަލާނެ ކަންކަން:
- މިފަދަ މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ( މިކަން ބަލާނީ ހުށަހަޅާ ލިޔެކިޔުންތަކަށް ބަލައިގެންނެވެ. )
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް
- މިބާވަތުގެ މަސައްކަތްތައް ފާއިތުވި ތަނުގައި ކޮށްފައިވާ ގޮތަށް ބެލުން
ހުށަހަޅަންޖެހޭ ތަކެތި:
- އައިޑީކާޑުގެ މުއްދަތު ހަމަނުވަ ސާފު ކޮޕީއެއް
- މިމަސައްކަތް ކުރުމަށްއެދި ހުށަހަޅާ ސިޓީ
- ތަޖުރިބާގެ ލިޔުން
މަސައްކަތަށް ހަމަޖެހިފައިވާ އަގު
- -/1500 ( ފަނަރަ ސަތޭކަ ރުފިޔާ )
ވީމާ،މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
23 މުޙައްރަމް 1444
21 އޯގަސްޓް 2022
ހާޝިރު މުޙައްމަދު
ކައުންސިލްގެ ނާއިބް ރައީސް