ދިވެހިރާއްޖެ
މި އިޢުލާންވަނީ 21 އޮގަސްޓް 2022 13:30 ގައި ބާތިލް ކުރެވިފައެވެ.
ިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
މާލެ، ދިވެހިރާއްޖެ
ނަންބަރު: (IUL)120-A/1/2022/54
އިޢުލާން
2022 ވަނަ އަހަރުގެ މެއި/ޖޫން ކެމްބްރިޖް އޭ ލެވެލް އިމްތިޙާނުގެ ނަތީޖާ )ޕްރޮވިޝަނަލް ރިޒަލްޓްސް( ދޫކުރުމާއި ރީޗެކް ކުރުމާއި ބެހޭ:
2022 ވަނަ އަހަރުގެ މެއި/ޖޫން ގައި ބޭއްވުނު ކެމްބްރިޖް އޭ ލެވެލް އިމްތިޙާނުގެ ނަތީޖާ (ޕްރޮވިޝަނަލް ރިޒަލްޓްސް) ދޫކުރުން 2022 އޮގަސްޓް 18 އިން ފެށިގެން މިޑިޕާޓްމަންޓުން ކުރިއަށް ގެންދާނެއެވެ. ނަތީޖާ ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 ން 13:30 އަށެވެ.
ނަތީޖާ ރީޗެކް ކުރުމަށް ބޭނުންވާ ކެންޑިޑޭޓުން، އެކަމަށް އެދޭ ފޯމު (ސާރވިސް ރިކުއެސްޓް ފޯރމް) ފުރިހަމަ ކުރުމަށްފަހު 2022 ސެޕްޓެމްބަރ 01 ވަނަ ދުވަހުގެ 1200 ގެ ކުރިން ހުށަހެޅުން އެދެމެވެ. ސާރވިސް ރިކުއެސްޓް ފޯމް މި ޑިޕާޓްމަންޓް ގެ ކައުންޓަރުންނާއި (ހ.އަސްރަފީވިލާ، ދެވަނަ ފަންގިފިލާ، މަޖީދީމަގު) އަދި ވެބްސައިޓް www.dpe.edu.mv އިން ލިބެން ހުންނާނެއެވެ. އޮންލައިން ކޮށް އެޕްލިކޭޝަން ފުރާނަމަ މެއިލް ކުރާނީ [email protected] އަށެވެ. އަދި ފައިސާ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށެވެ.
ނަތީޖާ އަދި ފޯމު ދޫކުރުމާއި، ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 0830 އިން 1330 އަށެވެ. ފޯމު ހުށަހަޅުއްވާ އިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެންނެވުން އެދެމެވެ.
23 މުޙައްރަމް 1444
21 އޮގަސްޓް 2022