މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

(މި މިނިސްޓްރީގެ ނަންބަރު 22/2014/70/D-ފ22(IUL)ފ(28 އޮގަސްޓު 2014) އިޢުލާނުގައިވާ ސީނިއަރ އެކައުންޓްސް އޮފިސަރގެ މަޤާމަށް ކުރިމަތިލެއްވި އެއްވެސް ފަރާތެއް ޝަރުޠު ހަމަނުވާތީ، އެ އިޢުލާނު ބާޠިލު ކުރެވިފައިވާ ކަމުގައި ދަންނަވަމެވެ.)

މަޤާމު: އެކައުންޓްސް އޮފިސަރ

ބޭނުންވާ އަދަދު: 01

ރޭންކް: އެމް.އެސް 1

ކްލެސިފިކޭޝަން : ޓެކްނިކަލް އޮފިސަރ ގްރޭޑް 1  

މުސާރަ: -/5610 ރުފިޔާ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

ވަޒީފާ އޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ގިންތި: ދާއިމީ

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން : ސްޓްރެޓީޖިކް ޕްލޭނިންގ ޔުނިޓް ޕޮލިސީ ޕްލޭނިންގ އެންޑް ރިސަރޗް ޑިވިޝަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ ކުރިއަށްއޮތް އަހަރަށް ލަފާކުރާ ބަޖެޓުތައް، ދާއިރާގެ ތަންތަނުން މިނިސްޓްރީއަށް ގެނުވައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ހުށަހެޅުމަށް ބަޖެޓު ތައްޔާރުކުރުން.
  2. މިނިސްޓްރީގެ ދަށުން ހިންގާ ތަންތަނަށް ބޭނުންވާ އޮޓޮމޭޓެޑް ބަޖެޓާގުޅޭ ވޯކްޝީޓްތައް ތައްޔާރުކުރުން.
  3. ބަޖެޓުން ޚަރަދުކުރަނީ ކަނޑައެޅިފައިވާ ޙަރަކާތްތަކަށްކަން ބަލައި، މަހުންމަހަށް ބަޖެޓު ރިވިއުކުރުން.
  4. ބަޖެޓާ ގުޅުންހުރި ޕްލޭނިންގ މަސައްކަތް ކުރުން.
  5. ބަޖެޓް ހެދުމާ ގުޅޭގޮތުން މުވައްޒަފުންނަށް މަޢުލޫމާތު ދިނުން.
  6. ބަޖެޓް ހެދުމާ ގުޅޭގޮތުން މުވައްޒަފުން ތަމްރީނުކުރުމަށް ވޯކްޝޮޕްތައް ރާވައި ހިންގުން.
  7. ބަޖެޓް ހެދުމަށް ބޭނުންވާ މަޢުލޫމާތު ހޯދައި، ސެކްޓަރގެ ބަޖެޓް ތައްޔާރުކުރުން.
  8. ކަމާބެހޭ ފަރާތްތަކަށް ސެކްޓަރގެ ބަޖެޓް ހުށަހެޅުމުގައި ދުރާލައި ވާންޖެހޭ އެންމެހައި ތައްޔާރީތައް ވުން.
  9. ސެކްޝަނުގެ ފަރާތުން ކުރަންޖެހޭ މުހިއްމު މަސައްކަތްތަކުގައި އެހީތެރިވުން.
  10. މިނިސްޓްރީގެ ދާއިރާތަކުގެ ބަޖެޓް ސްޕެންޑިންގ ޕްލޭން ތައްޔާރުކުރުން.

 

 

ޝަރުޠު:                            

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ރ. މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

އިންޓަވިއު ކުރުން.

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ 27 އޮކްޓޫބަރު – 06 ނޮވެންބަރު 2014 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެ ފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުންނާއި، މި މިނިސްޓްރީގެ ވެބްސައިޓް www.moe.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް

ބ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

 

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ހ. ވެލާނާގެ (8 ވަނަ ފަންގިފިލާ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2014 އޮކްޓޫބަރު 26 ވަނަ ދުވަހުގެ 14:30 ގެ ކުރިން.

 

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341428 ފޯނަށް ގުޅުއްވުން އެދެމެވެ. 

16 އޮކްޓޫބަރު 2014
ހޯދާ