މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އިންޖިނިއަރ

ޝައުޤުވެރިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހުޅުވާލުން

ސ.ހިތަދޫ ހޮސްޕިޓަލް  ޕްރޮޖެކްޓް

ޕްރޮޖެކްޓް ނަންބަރު:1459P

ސ.ހިތަދޫގައި ޤާއިމުކުރާ 100 އެނދުގެ ހޮސްޕިޓަލް ޤާއިމުކުރުމުގެ ޕްރޮޖެޓުގެ ދަށުން ޕްރޮޖެކްޓް އިންޖިނިއަރ' އެއް ހޯދުމަށް ވަޒީފާއަށް އިޢުލާން ކުރުން.

ސައުދީ ފަންޑް ފޯރ ޑިވެލޮޕްމަންޓާއި އޮފީޑުގެ ލޯން އެހީގެ ދަށުން ސ.ހިތަދޫގައި 100 އެނދުގެ ހޮސްޕިޓަލެއް ޤާއިމުކުރުމަށް ދިވެހި ސަރުކާރާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކުރެވިފައެވެ. މި މަޝްރޫޢުގައި މަސައްކަތް ކުރުމަށް ކޮންސަލްޓެންޓް ސްޓާފުން ހޯދުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ޕްރޮޖެކްޓު ޑައިރެކްޓަރ/ޕްރޮޖެކްޓް އިންޖިނިއަރ ކަމުގެ މަޤާމަށް ހޮވޭ ޤާބިލު މުވައްޒަފަށް ކަނޑައެޅިފައިވާ އުސޫލުން މުސާރަ ދިނުމަށްވަނީ ހަމަޖެހިފައެވެ.

މައިގަނޑު މަޤްސަދު:

މި ކޮންސަލްޓެންސީން ހާސިލު ކުރަން ބޭނުންވާ މައިގަނޑު މަޤުސަދަކީ، ޕްރޮޖެކްޓުގެ ދަށުން ޤާއިމު ކުރެވޭ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް (ޕީ.އެމް.ޔޫ) މެނޭޖްކުރުމާއި ޕްރޮޖެކްޓުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން ރާވައި ހިންގުމެވެ. މީގެ އިތުރުން ޕްރޮޖެކްޓުގެ ޕްރޮގްރެސް މޮނިޓަރކޮށް ބަލަހައްޓައި ޕްރޮޖެކްޓް ކޯރޑިނޭޓްކޮށް ކުރިއަށް ގެންދިއުމުގައި ކޮންސްޓްރަކްޝަން އޫސޫލާ އެއްގޮތަށް ޕްރޮޖެކްޓަށް އެންމެ ފައިދާކުރަނިވި ގޮތަށް ކުރިއަށް ގެންދިއުމެވެ.

މުއްދަތު:

މި ކޮންސަލްޓެންސީގެ މުއްދަތަކީ 1 އަހަރު ދުވަހެވެ. ނަމަވެސް ކޮންޓްރެކްޓް ކުރެވޭނީ ޕްރޮޖެކްޓު ކުރިއަށްދާ ގޮތާއި ވޭރިއޭޝަންތަކަށް ބެލުމަށްފަހު މުއްދަތު އިތުރު ކުރެވޭ ގޮތަށެވެ. އަދި މި ކޮންޓްރެކްޓް ކުރެވޭ މުއްދަތުގެ ތެރޭގައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މުވައްޒަފެއްގެ ގޮތުގައެވެ.

މުސާރަ: ދެ ފަރާތުން އެއްބަސްވެވޭ ހަމަޖެހޭ އުސޫލެއްގެ މަތިން ކަނޑައަޅޭ ގޮތަށް.

 

ފެންވަރު ނުވަތަ ޝަރުޠު:

- ސިވިލް އިންޖިނިއަރއެއް ކަމުގައިވުމާއެކު ސިވިލް އިންޖިނިއަރިންއާ ގުޅޭ ދާއިރާއަކުން ބެޗްލާރސް ޑިގްރީއެއް ހާސިލުކޮށްފައިވުން.

- ކޮންސްޓްރަކްޝަން ނުވަތަ ސްޓްރަކްޗަރަލް އިންޖިނިއަރިންގެ ދާއިރާއެއްގައި ނުވަތަ މަސައްކަތާގުޅޭ ދާއިރާއެއްގައި މަދުވެގެން 5 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުމާއި ޕްރޮޖެކްޓް މެނޭޖްކުރުމުގައި މަދުވެގެން 1 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން

- އެސް.އެފް.ޑީ / އޮފިޑް ޕްރޮކިއުމަންޓް އާއި ޑިސްބާރސްމަންޓް ގައިޑްލައިންސް ނުވަތަ މިފަދަ އެހެނިހެން ޑޯނަރ އެޖެންސީތަކުގެ ގައިޑްލައިންސްތަކަށް އަހުލުވެރި ފަރާތްތަކަށް އިސްކަންދެވޭނެ.

- ކޮންޓްރެކްޓް ކުރެވިފައިވާ މުއްދަތު ތެރޭ މަސައްކަތަށް ފުރިހަމައަށް ވަގުތު ދެވޭ ފަރާތަކަށްވުން.

- ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުއާމަލާތް ކުރަން އެގުން.

- މައިކްރޯސޮފްޓް އޮފީސް ޕެކޭޖްގެ (އެމް.އެސް ޕްރޮޖެކްޓް، ޕަވަރ ޕޮއިންޓް، އެކްސެލް އަދި ވާރޑް) ޕްރޮގްރާމުތަކަށް ރަނގަޅަށް އެގުން.

ވަޒީފާއަށް އެންމެ ޤާބިލު މީހުންހޮވުމުގައި ބެލެވޭ ކަންތައްތައް:

  • ސަރުކާރުގެ އިސް ވެރިންނާ އަދި ޢާއްމު ފަރާތްތަކާއި މުއާމަލާތް ކުރުމުގެ ޤާބިލުކަން ހުރުން.
  • މަސައްކަތާ ގުޅުން ހުރި ފަރާތްތަކާއި ބައިވެރިން ކުރިއެރުވުމުގައި ވެވިފައިވާ އެއްބަސްވުންތައް ޕްރޮޖެކްޓަށް އެންމެ ފައިދާކުރަވިނި ގޮތުގައި ތަންފީޒު ކުރުމުގެ ޤާބިލުކަން ހުރުން.

މިނިސްޓްރީ އޮފް ހައުސިންގ އެންގ އިންފްރާސްޓްރަކްޗަރގެ ފަރާތުން ޕްރޮޖެކްޓް އިންޖިނިއަރ ކަމުގެ މަޤާމަށް އެކަށީގެންވާ ޤާބިލު ފަރާތްތަކަށް ފުރުޞަތު އަރުވަމެވެ. ޝައުޤުވެރިވާ ފަރާތްތައް 20 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ 1430 ގެ ކުރިން ތިރީގައި ދެންނެވިފައިވާ އެޑްރެހަށް އެޕްލިކޭޝަންތައް ފޮނުއްވައިދެއްވުން އެދެމެވެ. އެޕްލިކޭޝަނާއެކު ސީ.ވީ، އައި.ޑީ ކާޑު ކޮޕީ އަދި މަސައްކަތުގެ ތަޖުރިބާއާ ގުޅޭ އެންމެހާ ލިޔެކިއުންތައް އެޓޭޗްކޮށް ދެއްވުންއެދެމެވެ.

މަޤާމަށް މީހުން ހޮވުމުގައި އަމަލުކުރާނީ އެސް.އެފް.ޑީ / އޯފިޑް ގައިޑް ލައިންސް ގައިވާ އުސޫލާ އެއްގޮތަށެވެ. މި ވަޒީފާ އާއި ގުޅޭ "ޓާރމްސް އޮފް ރެފަރެންސް" (ޓީ.އޯ.ރ) ބޭނުންފުޅުވާ ފަރާތްތަކުން، ތިރީގައިވާ އެޑްރެހަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެ ވާހަކަ ދެންނެވީމެވެ.  

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

އަމީނީ މަގު، 20329   މާލެ / ދިވެހިރާއްޖެ

ފޯން:   3004162 960 / 3004300 960

ފެކްސް: 3004301  960

އީމެއިލް: [email protected]

ވެބްސައިޓް: www.housing.gov.mv

12 އޮކްޓޫބަރު 2014
ހޯދާ