ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ޑިޕާޓްމަންޓް:

ފައިނޭންސް ޑިޕާޓްމަންޓް / ރެވެނިއު ސެކަޝަން

ގްރޭޑް:

05

ސްޕައިން ޕޮއިންޓް:

24

މުސާރަ:

މަހަކު  7,151.26 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  3,064.83 ރުފިޔާ

އިނާޔަޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަގާމުގެ ޝަރުތު:

  1. ސެޓިފިކެޓް ލެވެލް 7/8 ގެ ސެޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން. ނުވަތަ،
  2. މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 5 ގެ ސެޓިފިކެޓަކަށްފަހު 2 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  3. މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 4 ގެ ސެޓިފިކެޓަށްފަހު 5 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ޔުނިވަރސިޓީގެ ސިޔާސަތުތަކާއި އެއްގޮތްވާގޮތުގެ މަތިން، ކޯސް ފީ އާއި ލިބޭ ފައިސާ ބަލައިގަތުމާއި، ބެލެހެއްޓުމާއި، ރިސިޕްޓް ތައްޔާރުކުރުމާއި އަދި ރިފަންޑު ދޫކުރުން.
  2. ޔުނިވަރސިޓީއަށް ލިބޭ އާމްދަނީގެ ދުވަހު ހިސާބާއި، މަހު ހިސާބާއި އަދި އަހަރީ ހިސާބު ބަލަހައްޓައި، އާމްދަނީއާއި ގުޅޭ ރިޕޯޓްތައް ތައްޔާރުކުރުން.
  3. ލިބޭ ފައިސާގެ ހިސާބުތައް ބޭންކް އެކައުންޓާއި ދިމާކޮށް މަހަކު އެއްފަހަރު ރިކަންސައިލްކުރުން.
  4. އޮޑިޓަށް ބޭނުންވާ އާމްދަނީއާއި ގުޅޭ ރިޕޯޓްތައް ތައްޔާރުކުރުން.
  5. ޔުނިވަރސިޓީގެ ފައިސާ ބަލައިގަންނަ ނިޒާމް ތައް (ޕަވަރ ކެމްޕަސް/ކުއިކް ބުކްސް) ފަދަ ނިޒާމްތަކަށް އަހުލުވެރިވެ އޭގެ ތަމްރީނުތައް ފުރިހަމަކުރުން.
  6. ޕަވަރކެމްޕަސް އިން ބަލައިގަންނަ ފައިސާގެ ހަފުތާ / މަސް / އަހަރީ ރިޕޯޓެއް ތައްޔާރުކުރުކޮށް ބެލެހެއްޓުން. މީގެ އިތުރަށް ސިސްޓަމުން އެހެނިހެން ރިޕޯރޓް ޖެނެރޭޓްކޮށް ބޭނުންކުރަން އެނގުން.
  7. އަތޮޅުތަކުން ލިބޭ ފައިސާ ޕަވަރކެމްޕަސް އަށް އަޅައި، ސަމަރީ ޝީޓް ތައްޔާރުކުރުން.
  8. ޔުނިވަރސިޓީއަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އިންވޮއިސް ތައްޔާރުކޮށް، އިންވޮއިސް ކުރެވިފައިވާ ތަންތަނަށް މުއްދަތު ހަމަވުމުން ގުޅައިގެން ފައިސާ ހޯދަން މަސައްކަތް ކުރުން.
  9. ދަރިވަރުން ދައްކަން ޖެހޭ ފީ އާއި ލިބެންޖެހޭ އާމްދަނީ މޮނިޓަރކޮށް ބަލަހައްޓައި ފައިސާ ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވެރިންގެ މަޝްވަރާގެމަތިން އެޅުން.
  10. އެކައުންޓަށް ޓްރާންސްފާ ކުރާ ދަރިވަރުންގެ ކޯސް ފީ ޕަވަރކެމްޕަސް އަށް އަޅައި ރިސިޕްޓް ތައްޔާރުކޮށް ދަރިވަރުންނަށް އެންގުން.
  11. އެންޓްރީ ނަގައި ރެވެނިއު ސެކްޝަންގެ އެންޓްރީ އަޕްޑޭޓްކޮށް، ސިޓީތަކަށް ޖަވާބު ދިނުމާއި އެހެނިހެން ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  12. ރެވެނިއު ސެކްޝަނަށް ލިބޭ އީމެއިލްތައް ދުވަހުން ދުވަހަށް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައި އެކަން އެ ފަރާތްތަކަށް އެންގުން.
  13. ސްކޮލަޝިޕް ލިބޭ ދަރިވަރުންނާއި ލޯން ލިބޭ ދަރިވަރުންނާއި މިނޫންވެސް އެކިއެކި ޚާއްޞަ އިނާޔަތް / އެހީ ލިބޭ ދަރިވަރުންގެ ކަންތައްތައް ބެލެހެއްޓުމުގައި ކަމާއި ގުޅޭ ސެކްޝަންތަކާއި ގުޅިގެން މަސައްކަތްކުރުން.
  14. ފައިސާ ޖަމާކުރަން ބޭންކަށް އަށް ދިޔުން.
  15. ރެވެނިއު ސެކްޝަން ހަރުދަނާ ކުރުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށް ވެރިންނާއި އެކަން ޙިއްޞާކޮށް، އަމަލީ ގޮތެއްގައި މިކަމުގައި ޚަރަކާތްތެރިވުން.
  16. ޤަވާއިދުން ޔައުމިއްޔާ ލިޔުމާއި، ސެކްޝަނާއި އޮފީހުގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަންދިނުމާއި ސަލާންބުނާ މުވައްޒަފުންނާއި އަހަރީ ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން.
  17. ވެރިން އަންގަވާ ގޮތެއްގެ މަތީން އޮފީހުގެ އެހެނިހެން މަސައްކަތް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2022 އޮގަސްޓް 25 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމު ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNU-HR-CA-2022-235

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކްތަކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

https://tinyurl.com/Job-Application-Form--Dhivehi

https://tinyurl.com/Job-Application-Form--English

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ·         ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

 

 

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަމްބަރު ފޯނަށެވެ.
20 އޮގަސްޓް 2022
ހޯދާ