ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
ހަތާލެބް ހިންގައިދޭނެފަރާތެއް ބޭނުންވެއްޖެ

މި އިޢުލާންވަނީ 21 ފެބުރުވަރީ 2023 13:13 ގައި ބާތިލް ކުރެވިފައެވެ.


 

  1. މިސްކޫލްގައި ގާއިމްކުރެވިފައިވާ "ހަތާ ލެބް" ހިންގައިދޭނެ ފަރާތެއް ހޯދުމަށް  ކުރެވުނު މިސްކޫލްގެ ނަންބަރ: (IUL)IM/1/2022/76 އިއުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަށް މައުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާފައިނުވާތީ އެ އިއުލާން ބާތިލްކޮށް މިކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މިބީލަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މިބީލަމާގުޅޭ މައުމޫލާތު ޝީޓް މިއިއުލާނާއިއެކު އެޓޭޗްކުރެވިފައިވާނެއެވެ. އަދި މިތަން ބައްލަވާލައްވަން ބޭނުންފުޅުވަޑައިގަންނަވާ ފަރާތްތަކަށް 21 އޯގަސްޓް 2022 އާއި 24 އޯގަސްޓް 2022 އާއި ދެމްދު ކޮންމެ ދުވަހެއްގެ ހެނދުނު 10.00 އާއި މެންދުރުފަހު 1.00 އާއި ދެމެދު ފުރުޞަތުވަނީ ހުޅުވަލެވިފައެވެ.   
  4. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 25 އޯގަސްޓް 2022ވަނަދުވަހުގެ  ހެނދުނު 11.30ގައި ޢިމާދުއްދީން ސުކޫލުގައެވެ.
  5. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 24 އޯގަސްޓް 2022ވަނަދުވަހުގެ 14.00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
  6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ޢިމާދުއްދީން ސްކޫލް

ރެހެންދި ހިނގުން،  މާލެ، ދިވެހިރާއްޖެ

ފޯން: , 33157633315759

އީ-މެއިލް: [email protected]

20 އޮގަސްޓް 2022
ހޯދާ