ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ބާ އިމްތިޙާނުގެ ސިލަބަހާއި ޕްރެކްޓިސް މެޓީރިއަލް އަދި ރީޑިންގ ލިސްޓް

19 ނޮވެންބަރު 2022 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބާ އިމްތިޙާނުގެ ސިލަބަހައަކީ 3 ފެބުރުވަރީ 2022 ވަނަ ދުވަހު ބާ ކައުންސިލުގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ސިލަބަސް ކަމުގައި ދެންނެވީމެވެ.                                          

ވެބްސައިޓް ލިންކް: /https://maldivesbarcouncil.org/bar-exam

ބާ އިމްތިޙާނުގެ ސިލަބަހަށް ބަދަލު ނުގެނައުމަށް ބާ ކައުންސިލުގެ ދެވަނަ އެގްޒެކެޓިވް ކޮމިޓީން ނިންމަވާފައިވަނީ މި ސިލަބަހަކީ ވަރަށް ފުޅާ ދާއިރާއެއްގައި ދިރާސާކޮށް، މުރާޖާއާކޮށް، ރާއްޖެއާއި ރާއްޖޭން ބޭރުގެ ގިނަ ޤާނޫނީ މާހިރުންގެ ލަފަޔާއެކު އެކުލަވާލެވިފައިވާ ސިލަބަހަކަށްވާތީއެވެ. ނަމަވެސް، ސިލަބަހާ ގުޅިގެން މަސްލަހަތުވެރިން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް ރިޢާޔަތްކުރުމަށްފަހު، ބާ އިމްތިޙާނަށް ތައްޔާރުވުމަށް އެހީތެރިވެދިނުމަށްޓަކައި ޕްރެކްޓިސް މެޓީރިއަލް ބާ ކައުންސިލުން ތައްޔާރުކުރަމުންދާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި ޕްރެކްޓިސް މެޓީރިއަލްތައް ސެޕްޓެމްބަރު 2022 ގެ ތެރޭގައި އިމްތިޙާނުގައި ބައިވެރިވާ ފަރާތްތަކަށް ބާ ކައުންސިލުގެ އެސްޕައަރިންގ ލޯޔަރސް ޗެނަލްއިން ލިބެން ހުންނާނެއެވެ.

19 ނޮވެންބަރު 2022 ގައި ބޭއްވުމަށް ތާވަލު ކުރެވިފައިވާ ފުރަތަމަ ބާ އިމްތިޙާނުގެ ސިލަބަސް އޭރިއާތަކަށް އިމްތިޙާނުގެ ބައިވެރިން ތައްޔާރުވުމަށް އެހީތެރިވެދިނުމުގެ ގޮތުން ބާ ކައުންސިލުން އެކުލަވާލާފައިވާ ރީޑިންގ ލިސްޓުތައް މި އިޢުލާނާއެކީ އެޓޭޗްކުރެވިފައިވާނެއެވެ. އަދި އިމްތިޙާނުގައި ބައިވެރިވާ ފަރާތްތަކަށް ބާ ކައުންސިލުގެ އެސްޕައަރިންގ ލޯޔަރސް ޗެނަލްއިންވެސް ލިބެން ހުންނާނެއެވެ.

މި ރީޑިންގ ލިސްޓުތަކަކީ ބާ އިމްތިޙާނުގައި ބައިވެރިވާ ފަރާތްތަކުން ވާ ތައްޔާރީއަށް އިތުރު އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ގޮތުން އެކުލަވާލެވިފައިވާ ރީޑިންގ ލިސްޓުތަކެކެވެ. މިއީ، 19 ނޮވެންބަރު 2022 ގައި ބޭއްވުމަށް ތާވަލު ކުރެވިފައިވާ ބާ އިމްތިޙާނުގައި އަންނާނެ ހުރިހާ މަޢުލޫއެއްގެ ފުރިހަމަ މަސްދަރެއްގެ ގޮތުގައި ތައްޔާރުކުރެވިފައިވާ ރީޑިންގ ލިސްޓެއް ނޫނެވެ.

19 އޮގަސްޓް 2022
ހޯދާ