ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ. ގުރައިދޫ ސްޓޯރުގައި ނުވިކިހުރި މުދާ ނީލަންކިޔުން

ތ. ގުރައިދޫ ސްޓޯރުގައި ނުވިކިހުރި މުދާ ނީލަންކިޔުން

                                                            

ތ.ގުރައިދޫ ރައްޔިތުންގެ ސްޓޯރުގައި ނުވިކި ހުރި މުދާ ނީލަން ކިޔުމަށް މި ކައުންސިލުން ނިންމާފައިވާތީ މިކަމަށް ފުރުޞަތު ހުޅުވާލާމަވެ. ނީލަން ކިޔުން އޮންނާނީ 30 އޮގަސްޓް 2022 ވަނަ ދުވަހު ހަވީރު 16.00 ގައި ތ.ގުރައިދޫ ރައްޔިތުންގެ ސްޓޯރުގައެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތު މި އިޢުލާނާ އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ނީލަން ކިޔުމަށް ކުރިއަށް ގެންދެވޭނީ މަދުވެގެން ތިން ބައިވެރިންގެ ޙާޟިރުގައެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ ދުވަހުގެ ނީލަމް އުޞޫލުން ކޮންމެ އައިޓަމެއް ވަކީންނެވެ. އަދި ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން ވަގުތުން ފައިސާ ދައްކަންވާނެއެވެ. އަދި ވީއެންމެ އަވަސް މުއްދަތެއްގެ ތެރޭގައި މުދާ ގެންދަންވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ޝަޢުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް މިކަން އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

18 އޮގަސްޓް 2022
ހޯދާ