ވަޒީފާގެ ފުރުސަތު
|
ނަންބަރު : S2C-A/2014/ 18
|
ތާރީޚު: 15 އޮކްޓޫބަރު 2014
|
މަޤާމު:
|
އެސިސްޓެންޓް ލީގަލް އޮފިސަރ (މިއީ ދާއިމީ މަޤާމެކެވެ.)
|
ބޭނުންވާ އަދަދު:
|
1
|
ކްލެސިފިކޭޝަން: އެސިސްޓެންޓް ލީގަލް އޮފިސަރ
|
ރޭންކް:
|
އެލް.އެސް.2
|
އަސާސީ މުސާރަ:
|
މަހަކު -/9،412 ރުފިޔާ
|
އެލަވަންސްތަކާއި ޢިނާޔަތްތައް:
|
- ސަރވިސް އެލަވަންސް: މަހަކު -/3،000 ރުފިޔާ.
- ޖުޑީޝަލް އެލަވަންސް: އަސާސީ މުސާރައިގެ %35 އަށްވާ ފައިސާ.
- އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.
|
އަސާސީ ޝަރުޠު:
|
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ޝަރީޢާ ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ނިޔާ ކަނޑައަޅާ މައްސަލަތަކުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ޑްރާފްޓްކުރުން.
- އިސް މެޖިސްޓްރޭޓް ހަވާލުކުރައްވާ (ކޯޓަށް ހުށަހެޅިފައިވާ ޤަޟިއްޔާތަކާ ގުޅޭ ފަރާތްތައް ފިޔަވައި އެހެން މީހުންގެ) ބަޔާން ނެގުން.
- ޤާނޫނުތަކާއި ޤަވާޢިދުތައް އެއްކޮށް ހޯދައި ފަސޭހައިން ފެންނާނެހެން ބެހެއްޓުން.
- ކޯޓުގެ މުވައްޒަފުންކުރާ މަސައްކަތްތަކާއި ހިންގާ ހަރަކާތްތަކާ ބެހޭގޮތުން ސ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ހައްދަވާ ޤަވާޢިދުތައް ޑްރާފްޓްކޮށް އެކުލަވައިލުމުގައި ސ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓަށް އެހީތެރިވެދިނުން.
- ކޯޓަށް ހާޒިރުވުމަށް ފޮނުވަންޖެހޭ އަމުރު (ކޯޓަށް ހާޒިރުވުމުގެ އަމުރު) ތައްޔާރުކުރުވުމާއި، ރައްދުކުރަންޖެހޭ ފަރާތްތަކަށް އަމުރު ރައްދުކުރެވިފައިވޭތޯ ބެލުމާއި، ކޯޓަށް ހާޒިރުވުމުގެ އަމުރާއި ހަވާލުނުވާ މީހުންނާއި، ފިލައިގެންއުޅޭ މީހުންގެ ގޭގައި ކޯޓަށް ހާޒިރުވުމުގެ އަމުރު ތައްޔާރުވުމުގެ މަސައްކަތް، މި ކޯޓުގެ މެޖިސްޓްރޭޓުން އަންގަވާގޮތެއްގެމަތިން ކުރުން.
- ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރެވޭ ފަރާތްތައް ކޯޓަށް ހާޒިރުވޭތޯ ބެލުމާއި، ހާޒިރުނުވާނަމަ މެޖިސްޓްރޭޓުގެ މަޝްވަރާގެމަތިން އެ ފަރާތްތަކާމެދު ފިޔަވަޅުއެޅުން.
- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އެދި ހުށަހަޅާ މައްސަލަތަކުގައި ކުރަންޖެހޭ އެންމެހައި ކަންތައްތައް މެޖިސްޓްރޭ އަންގަވާގޮތެއްގެމަތިން ކުރުން.
- ތަޙްޤީޤީ އިދާރާތަކުން ބަލާފާސްކުރުމުގެ އަމުރުތަށް ހޯދަން އެދި ހުށަހެޅުމުން އެކަމާ ގުޅިގެން ކުރަންޖެހޭ އެންމެހަައި ކަންތައްތައް މެޖިސްޓްރޭޓް އަންގަވާގޮތެއްގެމަތިން ކުރުން.
- ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި، ވަރިކާވެންޏާބެހޭ މައްސަލަތަކާއި، އެގްރިމެންޓް ރަޖިސްޓްރީކުރުމުގެ ފޯމް ބަލައިގަނެ، މަޢުލޫމާތު ފުރިހަމަތޯ ޗެކްކުރުމުގައި އެހީތެރިވެދިނުން.
- މީގެ އިތުރުންވެސް ލީގަލް ސެކްޝަނުގެ މަސައްކަތްތައް މެޖިސްޓްރޭޓް އަންގަވާގޮތެއްގެމަތިން ކުރުން.
- ކޯޓުގައްޔާއާއި ކޯޓުން ބޭރުގައި ކުރަންޖެހޭ ކާވެނި ކޮށްދިނުން.
|
ނޯޓް:
|
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ 10 އަށްވުރެ ގިނަވެއްޖެނަމަ، އިންޓަވިއުއަށް ހޮވޭނީ ހުށަހަޅާފައިވާ ލިޔުންތަކަށް ބަލައިގެން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާއަށް ދެވޭ މާކްސްތަކުން އެންމެ މަތީ މާކްސް ލިބޭ 10 ފަރާތެވެ.
|
ވަޒީފާއަށް އެދޭ ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި:
|
- ވަޒީފާއަށް އެދޭ ފޯމް (މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެ)
- އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އިންޓަވިއުއަށް ހާޒިރުކުރެވޭއިރު، ސެޓްފިކެޓްތައް އަސްލާ އެއްގޮތްތޯ ބެލޭނެއެވެ.)
- ދިވެހި ރައްޔަތެއްކަން އަންގައިދޭ ކާޑު ކޮޕީ.
- ވަޒީފާއެއްގައި އުޅެފައިވާނަމަ، ވަޒީފާ އަދާކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު.
|
ސުންގަޑި:
|
- 30 އޮކްޓޫބަރު 2014 ގެ 15:00 ގެ ކުރިން
|
އިތުރު މަޢުލޫމާތު:
|
- އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ:
ފޯނު ނަންބަރު: 6885571 ފެކްސް ނަންބަރު: 6885570
|