ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
15 ވަނަ އިންޓަރނޭޝަނަލް ފެސްޓިވަލް އޮފް ރިލިޖަސް ޗާންޓިންގ އެންޑް ސޫފީ މިއުޒިކް "ސަމާ" ގައި ބައިވެރިވުމުގެ ފުރުޞަތު

މިޞްރުގެ މިނިސްޓްރީ އޮފް ކަލްޗަރަލް އެފެއާޒް އިން އިންތިޒާމްކުރައްވައިގެން މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 17 ން 24 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 15 ވަނަ އިންޓަރނޭޝަނަލް ފެސްޓިވަލް އޮފް ރިލިޖަސް ޗާންޓިންގ އެންޑް ސޫފީ މިއުޒިކް "ސަމާ" ގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށްވަނީ ލިބިފައެވެ.

އެގޮތުން މިފެސްޓިވަލްގައި ބައިވެރިވެވޭނީ ގިނަވެގެން 12 މެމްބަރުންގެ މައްޗައް އެކުލެވޭ ގްރޫޕަކަށެވެ. މި ގުރޫޕްގެ މެމްބަރުންނަށް ކެއުމާއި، ހުރުން އަދި އެތެރޭގެ ދަތުރު ފަތުރުގެ ޚަރަދު ހަމަޖައްސަވައިދެއްވާނެކަމަށް ވަނީ އަންގަވާފައެވެ. އެހެންނަމަވެސް އިންޓަރނޭޝަނަލް އެއަރފެއަރ، އެއަރ ފްރައިޓް އަދި މެޑިކަލް އިންޝުއަރެންސް އާއި އެހެނިހެން އެލަވަންސްތައް ހަމަޖައްސަވަން ޖެހިވަޑައިގަންނަވާނީ ބައިވެރިވާ ގްރޫޕްއަކުންނެވެ.

ވީމާ، މިފެސްޓިވަލްގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރުއްވުމަށްފަހު [email protected] އަށް މެއިލް ކުރައްވާ [email protected] އަށް ކޮޕީ ކުރެއްވުން އެދެމެވެ. މިފެސްޓިވަލްގައި ބައިވެރިވުމުގެ އެޕްލިކޭޝަން ފޯމް އަދި ކޮންޑިޝަން އޮފް ޕާޓިސިޕޭޝަން މިއިޢުލާންއާއިއެކު ހިމަނާލެވިފައިވާނެއެވެ. އަދި މީގެ އިތުރުން މިސެންޓަރުގެ ވެބްސައިޓް www.nca.gov.mv އިން ވެސް ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސެންޓަރުގެ ފޯނު ނަންބަރު  3313456   އަށް ގުޅުއްވުން އެދެމެވެ.

18 އޮގަސްޓް 2022
ހޯދާ