ވަޒީފާގެ ފުރުޞަތު
|
އިޢުލާން ނަންބަރު:
|
Tradenet-HR/J/2022/25
|
މަޤާމު:
|
އޮފީސް އެސިސްޓެންޓް
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ފުވައްމުލައް ސިޓީ
|
ބޭނުންވާ ޢަދަދު:
|
1
|
ވަޒީފާގެ ބާވަތް:
|
ކޮންޓްރެކްޓް ބޭސިސް
(އެންމެ ފުރަތަމަ ކޮންޓްރެކްޓް ހެދޭނީ 1 އަހަރު ދުވަހުގެ މުއްދަތަށެވެ. އެއަށްފަހު، މަސައްކަތުގެ ފެންވަރު ބެލުމަށްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރެވިދާނެއެވެ.)
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް:
|
- ކަނޑައެޅިފައިވާ އުޞޫލުތަކުގެ މަތިން އޮފީސް ހުޅުވައި ލެއްޕުން.
- އޮފީހުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތަކާއި ތަކެތި އެފަރާތްތަކަށް ރައްދުކުރުން.
- އޮފީސް ޢިމާރާތް ފޮޅައި ސާފުކުރުން. އަދި އޮފީސް އިމާރާތް ހުންނަ ގޯތިތެރެއާއި ގޯއްޗާ ދިމާލުން މަގުމަތީގައި ކުނިކަހައި އެ ސަރަހައްދު ސާފުކޮށް ބެހެއްޓުން.
- އޮފީސްތެރެ ސާފުކޮށް ބެލެހެއްޓުން. މިގޮތުން އޮފީސްތެރޭގައި ކުނިކަހައި، ހިރަފުސް ފޮޅައި، ވެކިއުމްކޮށް މޮޕްކުރުން. އަދި އޮފީސްތެރޭގައި ހުންނަ ފަރުނީޗަރުތަކާއި، ދޮރުތަކާއި ކުޑަދޮރުތަކާއި މިނޫނަސް އެހެނިހެން ތަންތަން ގަވައިދުން ސާފުކުރުން.
- އޮފީހުގެ ފާޚާނާތައް މަދުވެގެން ދުވާލަކު އެއްފަހަރު ސާފުކުރުން.
- އޮފީހުގެ ސައިކޮޓަރިއާއި އެތަނުގައި ހުންނަ ފްރިޖް، މައިކްރޯވޭވް، ކޮފީ މެޝިން ފަދަ ތަކެތި ސާފުކޮށް ބެލެއްޓުން.
- ގަވައިދުން ޑަސްބިންތައް ހުސްކޮށް ކުނިއުކާލުން.
- އޮފީހުގައި ބާއްވާ އެކިއެކި ބައްދަލުވުންތަކާއި އިވެންޓްތަކަށް މީޓިންގ ރޫމް ތައްޔާރުކުރުމާއި، އެފަދަ ބައްދަލުވުންތަކަށް ބޭނުންވާ ރިފްރެޝްމަންޓް ތައްޔާރުކުރުމާއި، އަދި ބައްދަލުވުން ނުވަތަ އިވެންޓް ނިމުމުން ތަށިތައް ނެގުމާއި މީޓިންގ ރޫމް ސާފުކުރުން.
- އޮފީހަށް ބޭނުންވާ ތަކެތި ގަތުމަށް ކޯޓޭޝަން ހޯދުމާއި، އޮފީހަށް ގަނެވޭ ތަކެތި އޮފީހަށް ގެނައުމުގައި އެހީތެރިވެދިނުން.
- އޮފީހުން އިންތިޒާމްކޮށްގެން ބާއްވާ އެކިއެކި ހަރަކާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
- އޮފީހުގެ މެއިންޓެނަންސާއި މަރާމާތާގުޅޭ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
- އޮފީހުގެ ސާފުތާހިރުކޮށް ބެލެހެއްޓުމާ ގުޅޭގޮތުން ސުޕަވައިޒަރު އަންގާ މަސައްކަތްކުރުން.
- އޮފީހުގެ މަސައްކަތްތަކާއި ގުޅިގެން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.
|
މަޤާމުގެ ޝަރުޠުތައް:
|
- ދިވެހިބަހާއި އިނގިރޭސިބަހުން ލިޔަންކިޔަން ދަންނަ މީހެއް ކަމުގައިވުން.
- މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭނޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.
- ޢުމުރާއި ޞިއްޙަތުގެ ގޮތުން އެކަށީގެންވާ ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން.
- ރަސްމީ ގަޑީގެ އިތުރުން، އޮފީހުން ބޭނުންވާ ހާލަތްތަކުގައި ބަންދު ދުވަސްތަކާއި ނުރަސްމީ ގަޑިތަކުގައި މަސައްކަތަށް ނިކުމެވޭނެ ފަރާތެއް ކަމުގައިވުން.
- މޮޓޯރސައިކަލް ދުއްވުމުގެ ލައިސަންސް އޮތް ފަރާތަކަށްވުން.
(ނޯޓު: މި މަޤާމަށް މުވައްޒަފުން ނެގުމުގައި އަމިއްލަ މޮޓޯރސައިކަލް ގެންގުޅޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)
|
އެޕްލިކޭޝަން ހުށަހަޅާނެގޮތް
|
މިމަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 25 އޮގަސްޓް 2022 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން [email protected] މި އީމެއިލްއަށް އެޕްލިކޭޝަން ފޯމު ހުށަހެޅުއްވުން އެދެމެވެ. (އެޕްލިކޭޝަން ފޯމު ހޯއްދެވުމަށް މި ލިންކަށް ވަޑައިގަންނަވާ:https://tradenet.com.mv/applicationform) އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް.
- ޑްރައިވިންގ ލައިސަންސްގެ ސާފު ކޮޕީއެއް.
- ވަޒީފާއެއް އަދާކުރާނަމަ ނުވަތަ އަދާކޮށްފައިވާނަމަ، ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާކަމުގެ ލިޔުން.
- ޕޮލިސް ރިޕޯޓު.
- ވަނަވަރު.
- ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ.
|