ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު
މަޤާމު: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
ބޭނުންވާ އަދަދު :1 |
ރޭނކް: |
ޖީ.އެސް 3 |
ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 |
މަސައްކަތް ކުރަންޖެހޭ އޮފީސް: ފ. އަތޮޅު ތަޢުލީމީ މަރުކަޒު |
ސެކްޝަން: އިދާރީ/ހިއުމަން ރިސޯސް |
|
މުސާރަ: |
މަހަކު -/4465 ރުފިޔާ |
ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ |
ޝަރުޠު:
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެ ތެރޭގައި ހިއުމަން ރިސޯސް، ބިޒްނަސް މެނޭޖްމެންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ދާއިރާގެ ސެޓްފިކެޓް ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ޑީ ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ދިވެހިބަހުން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތުތައް:
- މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމާއި، މަހުން މަހަށް ހާޒިރީ ރިޕޯޓް ތައްޔާރުކުރުން.
- މުވައްޒަފުންގެ ކުށުގެ ރެކޯޑް ބެލެހެއްޓުން.
- ވަޒީފާތަކަށް މީހުން ހޯދުމާއި، ވަޒީފާއިން ވަކިކުރުމާއި، ވަޒީފާގެ ކުރިއެރުން ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
- މުވައްޒަފުންގެ ދާއިމީ ރަޖިސްޓްރީއާއި، ވަގުތީ މުވައްޒަފުންގެ ރަޖިސްޓްރީއަށް އަންނަ އުނިއިތުރު ލިޔެ ބެލެހެއްޓުން.
- މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ރެކޯޑް ބެލެހެއްޓުމާއި، މުވައްޒަފުންނަށް ޗުއްޓީ ދިނުމުގެ ކަންތައްތައް ބެލެހެއްޓުން.
- މުވައްޒަފުންގެ މަސައްކަތު ފެންވަރު ބަލާ ފޯމްތަކުގެ މަސައްކަތް ކުރިއަށްގެންދިއުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- މަސައްކަތުގެ އޮނިގަނޑަށް އަންނަ ބަދަލުތައް ގެނައުމާއި، އޯގަނައިޒޭޝަން ޗާޓް ތައްޔާރުކުރުން.
- މީގެ އިތުރުން، ޚާއްޞަ ޙާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
އުޖޫރައާއި ޢިނާޔަތްތައް:
ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދުގެ ޗެޕްޓަރު 5 ގައިވާ ގޮތުގެމަތީން
- އިތުރުގަޑީގެ ފައިސާ – ހަމަޖެހިފައިވާ އުސޫލުން
- ރަމަޟާންމަހުގެ ޚާއްޞަ އެލަވަންސް – ހަމަޖެހިފައިވާ އުސޫލުން
މަޤާމަށް ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެ ގޮތް:
މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން "ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު ތިރީގައިވާ ލިޔުންތަކާއެކު 2014 އޮކްޓޫބަރު 28 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މި ސުކޫލަށް ހުށަހެޅުން އެދެމެވެ.
- މަޢުލޫމާތު ފުރިހަމަކޮށްފައިވާ "ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު" (މި ފޯމު، މި ސުކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ ވެބްސައިޓް: www.csc.gov.mv ން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
- ލިބިފައިވާ ތަޢުލީމީ ސަނަދު/ފާސްތަކުގެ ކޮޕީ (އެކްރެޑިޓްކުރަންޖެހޭ ފެންވަރުގެ ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައި)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކޮޕީ
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއެކު)
- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، މިހާރު އަދާކުރާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ މުއައްސަސާގެ ލިޔުމެއް.
- ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތެއްނަމަ، ވަޒީފާގައި އޮތް މަސްއޫލިއްޔަތު އަދި ވަޒީފާގައި ހޭދަވި މުއްދަތު އެނގޭނޭ ލިޔުމެއް ހުށަހެޅުން.
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި ބެލެވޭނެ ކަންތައްތައް:
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި ބަލާނީ، ދިވެހި ސިވިލް ސަރވިސް ކޮމިޝަނުން 1 އެޕްރީލް 2013 ގައި ޝާއިޢުކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތަކަށެވެ. މި މިންގަޑުތަކާއި އުސޫލުތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް: www.csc.gov.mv ން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. އަދި މިމަޢުލޫމާތު މި މަރުކަޒުގެ އޮފީހުންވެސް ސާފުކުރެވޭނެއެވެ. މިގޮތުން މަޤާމަށް އެންމެ ޤާބިލުފަރާތެއް ކަނޑައަޅާނީ A2 ފޯމުގައިވާ ތިރީގައިވާ ބައިތަކަށް ޕޮއިންޓް ދިނުމުން އެންމެ މަތީ ޕޮއިންޓް ލިބޭފަރާތަކީ އެންމެ ޤާބިލު ފަރާތްކަމުގައި ކަނޑައަޅައިގެންނެވެ.
- ލިބިފައިވާ ތަޢުލީމާއި ތަމްރީން
- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
- ލިބިފައިވާ ހުނަރު (އިންޓަވިއުކޮށްގެން ބަލާ ކަށަވަރުކުރާބައި)
މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން
- މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ 2014 ނޮވެންބަރުމަހުގެ 2 އާއި 6 އާ ދޭތެރޭގައި މި މަރުކަޒުގެ އޮފީހުގައެވެ. ވަޒީފާގެ ޝަރުޠު ހަމަވާ ފާރަތްތަކަށް އިންޓަވިއު އޮންނަ ތާރީޚާއި ގަޑި އަދި އިންޓަވިއުގައި ސުވާލުތައްކުރެވޭ މައިގަނޑު ދާއިރާތައް ހިމެނޭގޮތަށް އިންޓަވިއު އޮންނަ ގަޑީގެ 24 ގަޑިއިރުގެ ކުރިން ލިޔުމުން އެނެގޭނެއެވެ.
- އިންޓަވިއުއަށް ހާޒިރުވާއިރު، މަޤާމަށް އެދި ހުށައަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ.
ވަޒީފާއަށް އެދިފައިވާ ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތައުލީމީ ފެންވަރާއި ތަޖުރިބާއަށާއި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމެންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިއާއެއްގެ ދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.
އެހެނިހެން މަޢުލޫމާތު:
- މި މަޤާމަށް ކުރިމަތިލާ ފަރާތަކީ އުމުރުން 55 އަހަރުވެފައިވާ ފަރާތަކަށް ވެގެންނުވާނެއެވެ.
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗްކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަ ނުކޮށް ހުށަހަޅާ ލިޔުންތައް ބާޠިލުކުރެވޭނެއެވެ.
- އެކްރެޑިޓްނުކޮށް ހުންނަ ސެޓުފިކެޓުތަކާއި ލިޔުންތަކަށް މާކުހެއް ނުދެވޭނެއެވެ.
- ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. އެކަން ކުރާނީ އިންޓަވިއު ޕެނެލުންނެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، މިއޮފީހުގެ ނަންބަރު 7952909، ފޯނަށް ގުޅުން އެދެމެވެ. އީމެއިލް އެޑްރެހަކީ [email protected]
21 ޛުއްޙިއްޖާ 1435