މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
ހޮލޯގްރާމް މިއޮފީހަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

ހޮލޯގްރާމް މިއޮފީހަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

 

އެއްގަމު ލައިސަންސް ކާޑުގައި ބޭނުންކުރާ ހޮލޯގްރަފިކް އޯވަރލެމިނޭޓް (ހޮލޯގްރާމް) ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 2022 ޖޫން 30 ވަނަ ދުވަހު ކޮށްފައިވާ ނަމްބަރު (IUL)472/1/2022/86 އިޢުލާނުގެ މަޢުލޫމާތު ޝީޓަށް ބަދަލުގެންނަންޖެހިފައިވާތީ އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

        ވީމާ މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2022 އޮގަސްޓް 25 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ( ސްޓާ ކްލައުޑް ބިލްޑިންގް 03 ވަނަ ފަންގިފިލާ ) އަށް. ވަޑައިގެން އަންދާސީ ހިސާބު ހުށެހެޅުއްވުން އެދެމެވެ. މިއިޢުލާނާ ގުޅޭ މަޢުލޫމާތު  ކަރުދާސް މިއިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކޮށްފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއްކަމަށް ސަރުކާރުން ކަނޑައަޅައިފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ.

      އަދި ދަންނަވަމެވެ، މައުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

20 މުޙައްރަމް 1444

                                                           18 އޮގަސްޓް 2022    

18 އޮގަސްޓް 2022
ހޯދާ