މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.އިނގުރައިދޫ، (ރަށުގެ) ނަމުގެ މޮނިއުމަންޓު ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

  1. ރަށުގެ ނަމުގެ މޮނިއުމަންޓް ފަރުމާކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޑިޒައިން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލެމެވެ.
  2. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 08 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހު 13:30 ގެ ކުރިން މިއިދާރާއަށް ޑިޒައިން ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅާ ޑިޒައިންތަކުގެ ތެރެއިން އެއްވަނައަށް ހޮވޭ ޑިޒައިނަކަށް ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
  3. މޮނިއުމަންޓް ޑިޒައިން ކުރަންވާނީ މިކަމާއި ގުޅުންހުރި މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށެވެ.

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

       ފޯނު ނަންބަރު: 6580028

       އީ-މެއިލް: [email protected]

                ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.  

                         20 މުޙައްރަމް 1444                                    

                         18 އޮގަސްޓް 2022          

 

 

18 އޮގަސްޓް 2022
ހޯދާ