ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. އުލިގަމު ކުނިގޮނޑުގައި ކުނި އަންދާ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

`

ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ

އުލިގަން، ދިވެހިރާއްޖެ.

                                                                 ނަންބަރ: 245/245/2022/49(IUL)

 

  

އިޢުލާން

                                              

ހއ. އުލިގަމު ކުނިގޮނޑުގައި ކުނި އަންދާ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

 

ހއ. އުލިގަމު ކުނިގޮނޑުގައި ކުނި އަންދާ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ ކައުންސިލްގެ އީމެއިލް [email protected]

އަށް މެއިލް ކުރައްވައިގެން ރަޖިސްޓްރީ ކުރައްވައި މިކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

ބިޑު ރަޖިސްޓްރީކުރުން

ޕްރީ ބިޑް މީޓިން

އަންދާސީހިސާބު ހުށަހެޅުއްވުން

18.08.2022 ން 23.08.2022 ގެ 10:00 ށް

23.08.2022 ގެ 13:00 ގައި

31.08.2022 ގެ 10:00 ގައި

ހއ.އުލިގަމު ކައުންސިލް އިދާރާއަށް ވަޑައިގެން

ނުވަތަ

ކައުންސިލްގެ މެއިލް: [email protected]  

އަށް މެއިލް ކުރައްވައިގެން.

ހއ.އުލިގަމު ކައުންސިލް އިދާރާގައި

ހއ.އުލިގަމު ކައުންސިލް އިދާރާގައި

 

 

 

 

 

 

 

 

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ހއ. އުލިގަމު ކުނިގޮނޑުގެ ކުނި އަންދާ ބެލެހެއްޓުމުގެ މަސައްކަތް ކުރުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށާއި ގަޑިޖެހިގެން އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލް ކުރެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާނަމަ ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރު 6500036 ފޯނަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                      

 20 މުޙައްރަމު 1444

18 އޮގަސްޓް 2022

18 އޮގަސްޓް 2022
ހޯދާ