ދިވެހިރާއްޖެ
މިރަށުގެ "ބީޗް ސްޕޮޓް" ރެސްޓޯރެންޓް ހިންގަމުންގެންދާ ޕާރކް ހަޓް ކުއްޔަށް ދީފައިވާ މުއްދަތު ހަމަވާތީ، ކެފޭ/ރެސްޓޯރެންޓް ހިންގުމަށް އަލުން ކުއްޔަށްދިނުމަށް ކުރެވުނު ނަންބަރު IUL(AD)/2014/39-ފ401 (28 ސެޕްޓެންބަރު 2014) އިޢުލާނުގައި ބިޑް ހުށަހެޅުމަށް ދެވިފައިވާ މުއްދަތު ކުޑަކަމަށް ފެންނާތީ އެއިޢުލާން ބާޠިލުކޮށް، އަލުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ޕްރީބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 23 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި މިއިދާރާގައެވެ. ވީމާ، ބީލަމުގައި ބައިވެރިވުމަށް އެދޭ ހުރިހާ ފަރާތްތަކުންވެސް މިބައްދަލުވުމުގައި ބައިވެރިވެދެއްވުން އެދެމެވެ.
ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ 06 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހު މިކައުންސިލުގެ އިދާރާގައެވެ.
ބީލަމާ ބެހޭ ހުރިހާ ލިޔެކިޔުންތައް ފުރިހަމަނުކުރާނަމަ ނުވަތަ އިވެލުއޭޝަނުން ފާސްނުވާނަމަ ބީލަން ޤަބޫލެއް ނުކުރެވޭނެއެވެ. ބިޑް އިވެލުއޭޝަން ކްރައިޓީރިއާ އާއި އިތުރު މަޢުލޫމާތު، ބީލަން ފޮތުގައި ހިމަނާފައި އޮންނާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި (6800082) ފޯނަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
21 ޛުލްޙިއްޖާ 1435