ދިވެހިރާއްޖެ
ފުވައްމުލަކުގައި ބޮޓްލް ވޯޓަރ އުފައްދައި، ފުވައްމުލަކު ރައްޔިތުންނަށް އަގުހެޔޮކޮށް ވިއްކަން ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ ނަންބަރު IUL)243-S01/PRIV/2014/14)ފ(18 ސެޕްޓެންބަރު 2014) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޕްރޮޕޯޒަލް ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ފުވައްމުލަކުގައި މިނެރަލް ވޯޓަރ އުފައްދައި، ނުވަތަ ގުދަންކޮށްގެން ފުވައްމުލަކު ރައްޔިތުންނަށް އަގުހެޔޮކޮށް ވިއްކަން ޝައުޤުވެރިވާ ފަރާތްތަކަށް ފުވައްމުލަކު ބަނދަރު ސަރަޙައްދުން 25 އަހަރަށް ބިން ކުއްޔަށް ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯޒަލްގެ މައްޗަށް ރިޢާޔަތްކޮށް ބަނދަރުން ދޫކުރާ ބިމުގެ ކުލި ކުޑަކޮށްދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، ފުވައްމުލަކުގައި މިނެރަލް ވޯޓަރ އުފައްދައި، ނުވަތަ މިނެރަލްވޯޓަރ ގުދަންކޮށްގެން ފުވައްމުލަކު ރައްޔިތުންނަށް އަގުހެޔޮކޮށް ވިއްކަން ޝައުޤުވެރިވާ ފަރާތްތަކުން 26 އޮކްޓޫބަރު 2014 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ފުވައްމުލަކު އަތޮޅު ކައުންސިލުގެ އިދާރާއަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ގުޅުއްވާނީ 5001686 ނަންބަރު ފޯނާއެވެ.
18 ޛުލްޙިއްޖާ 1435