އަލިފުށީ ސްކޫލް
ދިވެހިރާއްޖެ
ނީލަންކިޔުން

          މިސުކޫލުގައި ހުރި ބައެއް ބައު ތަކެތީގެ ނީލަން ކިޔުން 2022 އޮގަސްޓް 26ވާ ހުކުރު ދުވަހު ހަވީރު 16:00ގައި ސުކޫލް ގޯތި ތެރޭގައި އޮންނާނެއެވެ.

                       ވީމާ، މި ނީލަމުގައި ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން 2022 އޮގަސްޓް 26ވާ ހުކުރު ދުވަހުގެ ހަވީރު 16:00އަށް މި ސުކޫލަށް ވަޑައިގެން ދެއްވުން އެދެމެވެ.

ނީލަން ކިޔުމުގެ އުސޫލް

  •    ނީލަން ކިޔާތަކެތި ބައިބަޔަށް (ލޮޓު) ބެހުމަށްފަހު، ކޮންމެ ލޮޓަކަށް ނީލަން ނަންބަރެއް ދެވިފައި ހުންނާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް، ނީލަން ނަންބަރު ފެންނާނެހެން، ކޮންމެ ލޮޓެއްގައި ހުންނާނެއެވެ.
  •    ނީލަމެއް ކުރިއަށްގެންދާނީ މަދުވެގެން ތިންބައިވެރިންގެ ހާޟިރުގައެވެ. ނަމަވެސް ތިން ބައިވެރިން ހަމަނުވާނަމަ، ދެވަނަފަހަރަށް އިޢުލާންކޮށް 2 ނުވަތަ 1 ބައިވެރިންގެ ހާޟިރުގައި، ކަނޑައަޅާފައިވާ ގަޑީގައި ނީލަން ކުރިއަށް ގެންދެވޭނެއެވެ.
  •    ނީލަމުގައި ހުށަހަޅާއަގުތައް، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ހިނދުން ހިނދަށް އެންގޭނެއެވެ. ނީލަމުގެ ބައިވެރިޔަކު އަގެއް ހުށަހަޅައި، އެއަގަށްވުރެ މަތީއަގެއް ހުށަހެޅުމުގެ ފުރުސަތު 3 ފަހަރު ދިނުމުންވެސް އިތުރު އަގެއް ނީލަމުގައި ބައިވެރިވެފައިވާ އެހެންފަރާތަކުން ހުށަނާޅައިފިނަމަ، އެ އަގު ހުށަހެޅި ފަރާތުން އެ ނީލަން ކާމ ާބު ކުރީކަމުގައި ނިންމޭނެއެވެ.
  •    ނީލަން ނިމުނުގޮތް، ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ހާޒިރުގައި އިޢުލާިޔ ނުކޮށް، ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން'' ހަވާލުކުރެވޭނެއެވެ.
  •    ނީލަން ކާމިޔާބުކުރި ފަރާތުން، ނީލަން ކާމިޔާބުކުރިއަގު ނީލަން ނިމޭ ދުވަހުން ފެށިގެން ސަރުކާރު ބަންދުނޫން 3 ދުވަހުގެ ތެރޭގައި މި ސުކޫލަށް ދައްކައި ޚަލާސްކުރަންވާނެއެވެ. އަދި ނީލަން ކާމިޔާބުކުރި ފަރާތަށް މުދާ ހަވާލުކުރެވޭނީ ނީލަމުގެ އަގު ދެއްކުމަށްފަހުގައެވެ. ނީލަން ކާމިޔާބުކުރި ފަރާތަށް އެ މުދަލުގެ މިލްކުވެރިކަން ބަދަލުވާނީ ނީލަމުގެ އަގު ދައްކައި ޚަލާސްކުރުމުންނެވެ. ނީލަން ކާމިޔާބުކުރި ފަރާތުން އެ މުއްދަތުގެތެރޭގައި ފައިސާ ދައްކައި ޚަލާސްނުކޮށްފިނަމަ، އެ މުދަލެއް އަލުން ނީލަންކިޔުމަށް އިޢުލާން ކުރެވޭނެއެވެ.
18 އޮގަސްޓް 2022
ހޯދާ