މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅުކައުންސިލު އިދާރާ މަރާމާތުކުރުމުގެ މަސައްކަތް

ބީލަން ހުށައެޅުމުގެ ދަޢުވަތު

1. މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިއިދާރާ މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.

2. މިބީލަމާއި ގުޅިގެން ބޭއްވޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ‏2022‏ އޮގަސްޓް‏ 22ވާ ހޯމަ ދުވަހުގެ ހެނދުނު 11:00ގައި މިއިދާރާގެ މީޓިންގް ރޫމްގައި އޮންނާނެއެވެ.

3. މިބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހާއި، މަޢުލޫމާތު ކަރުދާހުގެ ޖަދުވަލުތައް އަދި އަންދާސީ ހިސާބު ހުށައަޅާ ފޯމު މިއިދާރާގެ ވެބްސައިޓް(shaviyani.gov.mv/beelan)އިން ‏ ‏2022‏ އޮގަސްޓް‏ 22ން ފެށިގެން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

4. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ  ‏2022‏ އޮގަސްޓް‏ 28ވާ އާދީއްތަ ދުވަހުގެ 13:00ގައި މިއިދާރާގެ މީޓިންގް ރޫމްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ޕްރޮޖެކްޓް ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.

5. ހުށައަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.

6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މިލަދުންމަޑުލުއުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ/ މިނިވަންހިނގުން، ށ.ފުނަދޫ، ދިވެހިރާއްޖެ.

ފޯން:       6540400

އީމެއިލް:     [email protected]

ކޮޕީ:        [email protected]

17 އޮގަސްޓް 2022
ހޯދާ