ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ހާބަރ މާސްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

ތިނަދޫ ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ. މިއީ މިމަޤާމަށް މީހަކު ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު 415-HR/415/2022/100 (20 ޖޫން 2022) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ ކުރެވިފައިވާ އިޢުލާނެކެވެ.  

 މަޤާމް:

އެސިސްޓެންޓް ހާބަރ މާސްޓަރ

ބޭނުންވާ ޢަދަދު:    01

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް

(މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 23 މަސްދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ.)

ރޭންކް / ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގރ.3

މުސާރައާއި އެލަވަންސް:  

އަސާސީ މުސާރަ: 3,875/- (ތިންހާސް އަށްސަތޭކަ ހަތްދިހަ ފަސްރުފިޔާ)

ސާރވިސް އެލަވަންސް: 1,000/- (އެއްހާސް ރުފިޔާ)

ސަޕޯރޓިންގ ކޯ އެލަވަންސް: 1,200/- (އެއްހާސް ދުވިސައްތަ ރުފިޔާ)

މިނިމަމް ވޭޖް އެލަވަންސް: 1,696/- (އެއްހާސް ހަސަތޭކަ ނުވަދިހަ ހަރުފިޔާ)

 

ޢާއްމުކޮށްމަސައްކަތް ކުރަންޖެހޭ ގަޑިތައް:

ހުކުރު، ޢީދު ، ޙައްޖު، ރަމަޟާންމަހާއި ހިޖުރީ އަދި މީލާދީ އަހަރު ފެށޭ ދުވަސް ފަދަ ދީނީ އަދި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ހޮނިހިރު ދުވަސް ހިމެނޭގޮތަށް މިއިދާރާއިން ކަނޑައަޅާ ވަގުތުތައް.

ތަޢްލީމީ ފެންވަރު:

ގްރޭޑް 10 ނިންމާފައިވުން.

މަޤާމަށް ބޭނުންވާ ހުނަރު:

 

  1. ރައްޔިތުންނާއި މުޢާމަލާތުކުރުމުގެ ހުނަރު.
  2. އިނގިރޭސިބަހުން ވާހަކަ ދައްކަން އެނގުމާއި އިނގިރޭސި އަކުރުން ލިޔެފައި ހުންނަ ލިޔުން ކިޔަން އެނގުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. އިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި ބަނދަރު ބެލެހެއްޓުމުގެ ޢަމަލީ މަސައްކަތްކުރުމާއި ރިޕޯޓް ކުރުން.
  2. ބަނދަރުގެ ފައްތިޔާތައް ބޭނުން ކުރަމުންދާ ގޮތް މޮނިޓަރުކޮށް ބެލެއްހެއްޓުން.
  3. ބަނދަރުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ތިނަދޫ ކައުންސިލުން އެކަށައަޅާފައިވާ ޤަވާޢިދުތަކާއި އުސޫލުތަކާއި އެއްގޮތަށް ފަޅުތެރޭގައި އުޅަނދުފަހަރު ބަނދަރުކުރަމުންދާ ގޮތް ބެލެހެއްޓުމާއެކު،
  4. ޤަވާޢިދާއި އެއްގޮތަށް ބަނދަރު ކުރުމަށް އޮޑިވެރިންނާއި ދަތުރުވެރިންނާއި މަސްވެރިންނަށް އިރުޝާދުދިނުން.
  5. އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1-    ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމް.

2-    ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3-    ތަޢްލީމީ ސަނަދުތުތަކުގެ ކޮޕީ.

4-    މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ.

ސުންގަޑި:

29 އޮގަސްޓް 2022 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް.

         

 

ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. މި ވަޒީފާއަށް މީހުން ނެގުމުގައި މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.  

15 އޮގަސްޓް 2022
ހޯދާ