މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އެންވަތައް ގެންނަ ބަދަލުތައް ތަހުލީލުކުރުމަށް ބޭނުންކުރާނެ މަސްދޯންޏެއް ހޯދުމާ ގުޅޭ

މަޤްޞަދު

ދެމެހެއްޓެނިވި ގޮތުގައި ދިރޭއެން ބޭނުންކުރުމަށް މަގުފަހި ކުރުމުގެގޮތުން އެންވަތުގައި އެން މަރުވާ މިންވަރު މަދުކުރުމަށް އަދި ގިނަ ދުވަހު ވަތުގައި އެން ދިރުވާފައި ބެހެއްޓުމަށް ކުރެވިދާނެ ކަންކަން ދެނެގަތުން

ފަސްމަންޒަރު

ފިޝަރީޒް މިނިސްޓްރީ އާއި ޖައިކާ ގުޅިގެން ހިންގާ ޕްރޮޖެކްޓުގެ ދަށުން ހިންގޭ މިބައިގައި (ކޮމްޕޯނަންޓް) ދިވެހިރާއްޖޭގައި ދިރޭއެން ބޭނުންކޮށްގެން ދޮށީގެ މަސްވެރިކަންކުރާ އުޅަނދުފަހަރުގެ އެންވަތުގައި އެން ގެންގުޅޭ ގޮތުގެ މައުލޫމާތު އެއްކުރެވޭނެ އެވެ. އަދި ޖަޕާނުގެ ފަންނީ މާހިރުންގެ ލަފައާއެކު މިހާރު ބޭނުންކުރާ އެންވަތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އެންވަތުގައި އެންދިރުވާފައި ބެހެއްޓޭ މުއްދަތު އިތުރުކުރުމަށް ތަހުލީލުތަކެއް ކުރެވޭނެއެވެ. މި ތަހުލީލުތައް ކުރުމަށް ގަސްތުކުރެވިފައި ވަނީ ރާއްޖޭގެ ދެކުނުގައި މިހާރުވެސް ދޮށީގެ މަސްވެރިކަންކުރާ 90 ފޫޓުންމަތީގެ އުޅަނދު ފަހަރުގައެވެ.

ތަހުލީލުތަކަށް ބޭނުންކުރާ އުޅަނދު

މި ދިރާސާގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މިހާރުވެސް އާއްމުކޮށް ކަނޑުމަހުގެ ދޮށީގެ މަސްވެރިކަން ކުރާ މަދުވެގެން 2 އެންވަތް ހުންނަ 90 ފޫޓަށްވުރެ ދިގު އުޅަނދެކެވެ.

ތަހުލީލުތަކަށް ކުރާ ހަރަދު

މި ދިރާސާއަށް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ދިވެހި ސަރުކާރުންނާއި ޖަޕާނު ސަރުކާރުންނެވެ.

ތަހުލީލުތައް ކުރުމަށް ހަމަޖެހިފައިވާގޮތް

އެން ގެންގުޅޭގޮތުގެ މައުލޫމާތު އެއްކުރަން ގަސްތުކުރެވިފައި ވަނީ ދެކުނުގައި ދިރޭއެން ބޭނުންކޮށްގެން މަސްވެރިކަންކުރާ އުޅަނދުފަހަރުގައި ދަތުރުކޮށް މަސްވެރިކަމުގައި ބައިވެރިވެގެންނެވެ. އަދި އެންވަތަށް ގެންނަ ބަދަލުތައް ގެނެވޭނީ މިއެއްކުރެވޭ މައުލޫމާތު ތަކަށާއި ޖަޕާނުގައި އެންވަތް ޑިޒައިންކޮށްފައި ހުންނަގޮތާ އަޅާކިއުމަށްފަހު ޖައިކާގެ ފަންނީ ބޭފުޅުންގެ ލަފާގެ މަތިންނެވެ. މިގޮތަށް ގެންނަ ބަދަލުތަކުގެ މަސައްކަތް ކުރުމަށް ގަސްތު ކުރެވިފައި ވަނީ އެ ދޯނި ގާއިމުވެ އޮންނަ ބަނދަރެއްގައި ބާއްވައިގެން އެހިސާބުގެ ވަޑިންގެ އެހީގައެވެ. މިކަމަށް 7 ދުވަސްވަރު ހޭދަވާނެ ކަމަށް ލަފާކުރެވެއެވެ.

ދޯނީގެވެރި ފަރާތުން ލިބެން ބޭނުންވާ ހިދުމަތް

ޖައިކާ ޓީމުގެ ދިރާސާކުރާ ފަރާތްތައް މަހަށް ގެންގޮސް ދޯނީގައި ކުރާ ދިރޭ އެމުގެ މަސްވެރިކަމުގެ މައުލޫމާތު އެއްކުރުމަށް އެހީތެރިވާން ވާނެއެވެ. ޖައިކާގެ ޓީމުން ދޯނީގެ އެންވަތައް ގެންނަ ބަދަލުތައް ގެނައުމަށް ހުއްދަދީ އެއްބާރުލުން ދޭންވާނެއެވެ. އަދި ދިރާސާގައި ކުރާދަތުރު ތަކުގައި ޓީމުގައި ހިމެނޭ ފަރާތްތަކުގެ ހުރިހާކަމެއް އޮޑިމަތީގައި ތަރުތީބުކޮށް ދިރާސާކުރާ ފަރާތްތަކުގެ ކަންތައްތައް ފަހިކޮށްދީ ބަލަހައްޓަން ވާނެއެވެ. އެންވަތަށް ގެންނަ ބަދަލުތައް ގެނައުމުގައި އެހީތެރިވާން ވާނެއެވެ. މިބަދަލުތައް ގެނައުމުގެ މަސައްކަތް ކުރިއަށްދާއިރު ދޯނި މަހަށް ނުފުރާ ފަޅުގައި (7 ދުވަސްވަރު) ބާއްވައިދޭން ވާނެއެވެ.

ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅަންޖެހޭ ލިޔުންތައް

  • ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާ ސިޓީ، ސިޓީގައި މި މަސައްކަތް ކުރާދުވަސްވަރު ދޯނީގެ ފަރާތުން ދެވޭނެ އެއްބާރުލުން ބަޔާން ކުރަންވާނެއެވެ.
  •  ފާއިތުވި އެއް އަހަރު (1 ޖުލައި 2021 ން 1 ޖުލައި 2022) މަސްކިރާފައިވާ ރަސީދުތަކުގެ ކޮޕީ ހުށަހަޅަން ވާނެއެވެ.
  • ސިޓީއާއެކު ތިރީގައިވާ ޓޭބަލް ފުރިހަމަ ކުރަންވާނެއެވެ.

ދޯނީގެ ނަން

 

ދޯނީގެ ވެރިފަރާތުގެ ނަން

 

މަސްވެރިކަން ކުރާ ސަރަހައްދު

 

ދޯނީގެ ވެރިފަރާތުގެ އެޑްރެސް

 

ދޯނީގެ ދިގުމިން (ފޫޓުން)

 

ދޯނީގެ ވެރިފަރާތުގެ ފޯނުނަމްބަރު

 

ރަޖިސްޓަރީ ނަމްބަރު

 

ދޯނީގެ ކެޔޮޅުގެ ނަން

 

މަސްވެރިކަމުގެ ލައިސަންސް ނަމްބަރު

 

ދޯނީގެ ކެޔޮޅާ ގުޅޭނެ ނަމްބަރު

 

  • ސިޓީ ހުށަހަޅާނީ ތިރީގައިވާ އެޑްރެހަށެވެ. އީމެއިލް އިންނަމަ [email protected]] އަށެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ

މާލެ، ދިވެހިރާއްޖް

ވެލާނާގެ 7 ވަނަ ފަންގިފިލާ

 ދޯނި ހޮވުމުގައި އަމަލުކުރާނެ ގޮތް / ބަލާނެ ކަންތައްތައް

  • ކަނޑައަޅާފައިވާ ދޯނީގެ ޝަރުތުތައް ފުރިހަމަވުން / ހުށައަޅަން އެދިފައިވާ ތަކެތި ފުރިހަމައަށް ހުށައެޅުން
  • ދޯނީގެ ފަރާތުން ދިރާސާއަށް ދެވޭނެ އެއްބާރުލުން
  • ފާއިތުވި އެއް އަހަރު (1 ޖުލައި 2021 ން 1 ޖުލައި 2022) މަސްކިރާފައިވާ މިންވަރު
  • ޝަރުތުތައް ފުރިހަމަވާ ދޯނިފަހަރު ގިނަނަމަ 1 ދޯނި ހޮވުމަށް ހަމަޖެހިފައިވަނީ ގުރުއަތުލައިގެނެވެ.

މިކަމާގުޅިގެން އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ 7771142 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ. 

18 އޮގަސްޓް 2022
ހޯދާ