ފުވައްމުލަކު ހޮސްޕިޓަލް
ދިވެހިރާއްޖެ
ވޯޑް މެނޭޖަރުންގެ ޒިންމާ ޙަވާލުކުރުމަށް ކުރެވޭ އިޢުލާނު

              

ވޯޑް މެނޭޖަރުންގެ ޒިންމާ ޙަވާލުކުރުމަށް ކުރެވޭ އިޢުލާނު

ޙަވާލުކުރެވޭ ޒިންމާ:

ވޯޑް މެނޭޖަރ

ބޭނުންވާ އަދަދު:

01 ( އެކެއް )

ގިންތި:

ވަގުތީ

ހަވާލުކުރެވޭ މުއްދަތު:

04 އަހަރު

ވަޒީފާ އަދާކުރަންޖެހޭ ތަން:

ފުވައްމުލަކު ހޮސްޕިޓަލް، ފުވައްމުލައް

އެޑަޑް ރެސްޕޮންސިބިލިޓީ:

އެލަވަންސް ދެވޭނެ މިންވަރު:

މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/124 ( ސަތޭކަ ސައުވީސް ރުފިޔާ )

މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އެޑްމިޓްކުރެވޭ ބަލިމީހުންނަށް ބޭނުންވާ ނާރސިންގ ކެއަރ ޑޮކްޓަރުންގެ ލަފާގެ މަތިން ދިނުމާއި ކަނޑައެޅިފައިވާ އުޞޫލުގެ މަތިން ދިނުމަށް ނަރުހުންނަށް އިރުޝާދުދިނުން.
  2. ބަލިމީހުންނަށް ދިމާވާ އާދަޔާ ޚިލާފް ކަންތައްތައް ޑޮކްޓަރުންނަށް ރިޕޯރޓްކުރުމާއި އަދި ރިފަރކޮށްފައިތިބޭ މީހުން އެޑޮކްޓަރަކަށް އެންގުން.
  3. ދިމާވާ އިމަޖެންސީތައް ވަގުތުން ކަމާއިބެހޭ ޑޮކްޓަރުންނަށް،ހޮސްޕިޓަލްގެ ވެރިންނަށް އަދި ކަމާގުޅޭ އެހެނިހެން މުވައްޒަފުންނަށް އެންގުމާއި، އެފަދަ އިމަޖެންސީތައް މެނޭޖްކުރުން.
  4. ރަސްމީގަޑިނޫން އެހެން ވަގުތުތަކުގައި ހޮސްޕިޓަލުގައި ދިމާވާ ކަންތައްތަކުގެ ތެރެއިން ނާރސިންގ އާއި ބެހޭ ކަންތައްތައް ޙައްލުކުރުމާއި އެހެނިހެން ކަންތައްތައް ނާރސިންގ ޑިޕާރޓްމަންޓާއި ހޮސްޕިޓަލްގެ ވެރިންނަށް އެންގުން.
  5. ނާރސިންގ އާއިބެހޭ ޕޮލިސީތައް ރޭވުމުގައި އަދި ނާރސިން ސަރވިސަސްއާއި ބެހޭ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުން.
  6. ބަލިމީހާއާއި ބަލިމީހާގެ އެހީތެރިންނަށް ބައްޔާބެހޭ ގޮތުން އޮޅުން ފިލުވަދޭންޖެހޭ އެންމެހާ މަޢުލޫމާތު ރަނގަޅަށް އޮޅުން ފިލުވައިދޭތޯ ކަށަވަރުކުރުން.

7. ޑިއުޓީ ފެށުމުގެކުރިން އިންވެންޓްރީ ނަގައި ނާރސިންކެއާރ ދިނުމަށް ބޭނުންވާނެ ސެޓަޕް ޤާއިމްކުރުން. އަދި ޚިދުމަތަށް ބޭނުންވާ އެއްވެސް އެއްޗެއް މަދުވާނަމަ ޝިފްޓް އިންޗާރޖަށް އަންގާ ހަމަކުރުން.

8. މާބަނޑުމީހުން ވިއްސުމުގެ ކަންތައްތަކުގައި ޚާއްޞަ ގޮތެއްގައި ކޮމްޕްލިކޭޓް ކޭސްތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ، މަސައްކަތްކުރުން.

9. ހޮސްޕިޓަލުގައި ބޭނުންކުރާ އިންސްޓްރޫމަންޓް ޤަވާޢިދުން ސްޓެރިލައިޒްކޮށް ބެލެހެއްޓުން.

10. ނާރސިންގގައި ބޭނުންކުރާ ކޮންސިއުމަބަލްސް އައިޓަމްތައް ބޭނުންކުރުމުގައި އިސްރާފުކުޑަކޮށް ތިމާގެ ދަށުން މަސައްކަތްކުރާ މުވައްޒަފުން މުވައްޒަފުންގެ މެދުގައި މިފަދަ މާޙައުލެއް ޤާއިމްކުރުން.

11. ޑިއުޓީ ގަޑީގައި މަސައްކަތް ކުރައްވާ ނަރުހުންނާއި އެޓެންޑެންޓުންގެ މަސައްކަތްތައް ސުޕަރވައިޒް ކުރުން.

12. ބަލިމީހާ އިތުރުފަރުވާޔަށް ފޮނުވަންޖެހޭ ޙާލަތްތަކުގައި ޒިންމާދާރުގޮތެއްގައި ދަތުރުގެ ބައިވެރިޔާގެ އިންތިޒާމްތައް ހަމަޖައްސައި ޗެކްކުރެވޭނެ މާޙައުލެއް ޤާއިމްކޮށް، އަދި ދަތުރު އިންތިޒާމުކުރާ ހޮސްޕިޓަލުގެ މުވައްޒަފާއި ދެމެދު ކޯޑިނޭޓްކޮށްގެން ދަތުރަށް ބޭނުންވާ އިންތިޒާމް ހަމަޖެއްސޭނެ މާޙައުލެއް ޤާއިމްކުރުން.

13. އެއްޑިއުޓީއިން އަނެއް ޑިއުޓީއަށް ބަދަލުވާއިރު ބަލިމީހުންނާބެހޭ އެންމެހާ މަޢުލޫމާތު ޑިއުޓީއާ ޙަވާލުވާ ނަރުހުންނަށް ސާފުކޮށް އޮޅުންފިލުވައި ދިނުން.

14. ތަނުގައި އިންފެކްޝަން ކޮންޓުރޯލް މާޙައުލެއް ޤާއިމްކުރުމުގެ ގޮތުންނާއި ސާފުތާހިރުކޮށް ބޭއްވުމަށްޓަކައި، ބަލިމީހުންގެ އެހީތެރިން ޒިޔާރަތްކުރުމުގެ ގޮތުން ހެދިފައިވާ ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނާއި އަދި މިގޮތުން ޒިޔާރަތްކުރާ ކޮންމެ ފަރާތަކަށް އަދަބު އިޙްތިރާމާއެކު މުޢާމަލާތުކޮށް މިފަދަ މާޙައުލެއް ޤާއިމްކޮށް ތިމާގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި މިފަދަ މާޙައުލެއް ޤާއިމްކުރުން.

15. ނާރސިންގ ޑިޕާރޓްމަންޓުގައި ބޭނުންކުރާ މެޑިކަލް ކޮންސިއުމަބަލް އައިޓަމްތައް ބޭނުންކުރުމުގައި އިސްރާފުކުޑަކޮށް ތިމާގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި މިފަދަ މާޙައުލެއް ޤާއިމްކުރުން.

16. ބަލިމީހުންނަށް ހޮސްޕިޓަލުގެ އިމަރޖެންސީ ސްޓޮކުން ބޭނުންކުރާ ބޭސްފަދަ ތަކެތި ބަލިމީހުންގެ އަތުން ހޯދާ ސްޓޮކް ހަމަކުރުން.

17. ހޮސްޕިޓަލުން ހިންގާ ހެލްތް ޕްރޮމޯޝަން އެކްޓިވިޓީތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި މުވައްޒަފުންގެ މެދުގައި ހިންގޭ އެކިއެކި ޙަރަކާތްތަކަށް އިސްނެގުމާއިއެކު ބައިވެރިވުން.

18. ނާރސިންގ ޑިޕާރޓްމަންޓުގެ ޑިއުޓީ ރޯސްޓާރ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހު ތައްޔާރުކުރުމަށްފަހު ޑިއުޓީތައް ސިސްޓަމަށް އެންޓާކުރުން.

19. ނަރސިންގ ސަރވިސަސް އާއި ގުޅުން ހުރި އެންމެހައި އެސްއޯޕީތައް ތައްޔާރުކޮށް އިންޕްލިމެންޓް ކުރުން.

 

20. ކޮންމެ މީލާދީ އަހަރެއް ފެށުމާއިއެކު ނާރސިންގ ޑިޕާރޓްމަންޓުގެ މުވައްޒަފުންގެ އަހަރީ ޓާގެޓް ކަނޑައެޅުމާއިއެކު މަންތްލީ ރިވިއު ފޯރމް ފުރުން.

21. ކޮންމެ މީލާދީ އަހަރެއް ފެށުމާއިއެކު ނާރސިންގ ޑިޕާރޓްމަންޓުގެ މުވައްޒަފުންގެ އެޕްރައިޒަލް ފޯރމް ފުރިހަމަކުރުން. އަދި އިސްލާހީ ފިޔަވަޅު އަޅަންޖެހޭ މުވައްޒަފުންނަށް އިސްލާހީ ފިޔަވަޅު އެޅުމަށްފަހު އެޗް.އާރު އާއި ޙަވާލުކުރުން.

22. މެއިންޓަނެންސްގެ ސާރވިސް ބޭނުންވާ މެޝިނަރީސް، އިކުއިޕްމަންޓްފަދަ ތަކެތި ކަމާބެހޭ ސެކްޝަނަކާ ގުޅިގެން ޙައްލުކޮށް، ނާރސިންގ ސާރވިސް  އިން ނައްތާލާތަކެތި ކަނޑައެޅިފައިވާ އުޞޫލުން ނައްތާލުން.

23. މީގެ އިތުރުން ވެސް ކުއްލިއަކަށް ދިމާވާކަންތައްތައް އޮފީހުން އަންގާ ގޮތެއްގެ މަތިންކުރުމާއި، އެހެނިހެން މުވައްޒަފުންނަށް އެހީތެރިވެދިނުމާއި އާއްމުކޮށް މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ދާއިރާ ފިޔަވައި އެހެން ދާއިރާތަކުގެ މުވައްޒަފުން ބައިވެރިވެގެންކުރާ މަސައްކަތްތަކުގައި އިސްނެގުމާއެކު ޢަމަލީގޮތުން ބައިވެރިވުން.

24. ޞިއްޙީ އެމަޖެންސީތަކާއި، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.

ޝަރުޠުތައް:

ނަރުހުންގެ ވަޒީފާގެ އޮނިގަނޑުގައި ހިމެނޭ މަޤާމުތަކުގެ ތެރެއިން ސީ.އެސް 10 ރޭންކުން ފެށިގެން މަތީގެ ރޭންކެއްގެ ޝަރުތު ހަމަވެ، އެ ރޭންކުން ފެށިގެން މަތީ މަޤާމެއްގައި ހުރި ފަރާތަކަށްވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވޯޑް މެނޭޖަރުންގެ ޒިންމާ ޙަވާލުކުރުމަށް ކުރެވޭ އިޢުލާނަށް އިޖާބަދީ، މަޤާމަށް ކުރިމަތިލުމަށް އެދި އިދާރާއަށް ހުށަހަޅާ ސިޓީ / އީމެއިލް
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

3. ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

4. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ނަރުހުންގެ އޮނިގަނޑުގައި ސީ.އެސް 10 / ސީނިއަރ ރަޖިސްޓާރޑް ނަރސް އިން ފެށިގެން މަތީ މަޤާމެއްގައި ވަޒީފާ އަދާކޮށްފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން

(ށ) ނަރުހުންގެ އޮނިގަނޑުގައި ސީ.އެސް 10 / ސީނިއަރ ރަޖިސްޓާރޑް ނާރސް އިން ފެށިގެން މަތީ މަޤާމެއް ނުވަތަ އެއާއި އެއްފެންވަރުގެ މަޤާމެއްގައި ވަޒީފާ އަދާކޮށްފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

(ނަރުހުންގެ ވަޒީފާގެ އޮނިގަނޑުގެ މަޤާމުތަކަށް މުވައްޒަފުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑާއި ވޯޑް މެނޭޖަރުންގެ ޒިންމާ ހަވާލުކުރެވޭ އުޞޫލުގައި ހިމެނޭ ކަންތައްތަކާ އެއްގޮތަށް)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 އޮގަސްޓް 2022 ވަނަ ދުވަހުގެ 13:30ގެ ކުރިން މިހޮސްޕިޓަލުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލަކަށް ފީ.ޑީ.އެފް ކުރުމަށްފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަން ޖެހުމަށް ދަންނަވަމެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2022 އޮގަސްޓް ނުވަތަ ސެޕްޓެމްބަރ މަހު ފުވައްމުލަކު ހޮސްޕިޓަލުގައެވެ.  ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެތާރީޚު ތަކުގައި އިންޓަރވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން

މި އިޢުލާނަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6861860 އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ.

 
18 އޮގަސްޓް 2022
ހޯދާ