ދިވެހިރާއްޖެ
ހުޅުމާލެ ބިން ހިއްކުމުގެ މަޝްރޫއުގައި ހިމެނޭ ސަރަހައްދާއި، މި މަޝްރޫޢު ފެށުމަށް ގެންނަ މެޝިނަރީއާއި މެޓީރިއަލްސް ކ. ފަރުކޮޅުފުއްޓާހަމައަށް ގެންދިއުމަށް ބޭނުންކުރާ އުޅަނދުފަހަރު ވަދެ ނިކުމެ ހެދުމަށް ކަނޑައަޅާފައިވާ ސަރަޙައްދުގައި އަޅާފައިވާ ހުރިހާ އުޅަނދެއް 28 އޮކްޓޫބަރު 2014ވާ އަންގާރަ ދުވަހުގެ ކުރިން ނެގުމަށް ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.
އަދި ހަމަ އެހެންމެ މި ދެންނެވުނު ސަރަހައްދަށް އެއްވެސް އުޅަނދެއް ހުއްދަނެތި ވަދެ ނިކުމެ ހެދުމަކީވެސް މަނާ ކަމެއް ކަމުގައިވެސް އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.
އިސްވެ ދެންނެވުނު ސަރަހައްދު ދައްކުވައިދޭ ކުރެހުމެއް މި އޮފީހުގެ ނޯޓިސް ބޯޑުން އަދި ހުޅުމާލެ ފެރީޓަރމިނަލާއި، މާލެ ފެރީ ޓަރމިނަލުގެ ނޯޓިސް ބޯޑުތަކުގައިވެސް ހަރުކުރެވިފައި ވާނެއެވެ. ހަމަ އެހެންމެ މި އިޢުލާން މި ކޯޕަރޭޝަންގެ ވެބްސައިޓް http://www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެ ވާހަކަވެސް ދެންނެވީއެވެ.
ވީމާ، ހުޅުމާލެ ފަޅުތެރޭގައި އުޅަދުފަހަރުއެޅުމާބެހޭގޮތުން މި ކޯޕަރޭޝަނުން ކުރިން ނެރެފައިވާ ނަންބަރު: 161/IU/2005/11 (03 މާރިޗު 2005) ގެ އިޢުލާން ބާތިލް ކުރެވިފައިވާކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.
20 ޛުލްޙިއްޖާ 1435