ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިނަވާގެ މަރާމާތުކުރުމަށް ތަކެތި ހަދިޔާ ކުރުމުގެ ފުރުޞަތު

ތަކެތި ނުވަތަ ފައިސާ ހަދިޔާކުރުމުގެ ފުރުޞަތު

 

               ކުރެންދޫ ރައްޔިތުންނާއި ދަރުމަވެރިންގެ ދީލަތި އެހީ އާއިއެކު ކުރެންދޫގައި ޤާއިމްކޮށްފައިވާ ހިނަވާގެ މަރާމާތުކުރުމަށް ވަނީ ބޭނުންވެފައެވެ. މިކަން ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތް ކުރުމަށް ބޭނުންވާ މައިގަނޑު ތަކެތި މިއިދާރާއިން ދިނުމުން، މިރަށުގެ މުއައްސާތަކުގެ ފަންނީ މުވައްޒަފުންގެ ހިމެނޭ ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތްތަކާއި އެކުގައެވެ. ހިނަވާގެ މަރާމާތުކުރުމުގެ ގޮތުން ލިސްޓް ކުރެވިފައިވާ މަސައްކަތް ތިރީގައި އެ ވަނީއެވެ.

  1. ޢިމާރާތުގައި ހުރި ރެނދުތައް ތަޅާ އެ ރެނދުތައް ބެއްދުން
  2. ޢިމާރާތުގައި ކުލަ ދަވާދުލުން
  3. ޢިމާރާތުގެ އަސްކަނީގެ ސީލިންގއަށް ޖަހާފައިވާ ދަގަނޑު އިސްކުރުތައް ނަގާ އެސް.އެސް އިސްކުރުޖެހުން
  4. ޢިމާރާތުގެ ލައިޓްތައް ލެޑްލައިޓަށް ބަދަލުކުރުން
  5. ޢިމާރާތުގެ ކަރަންޓް މީޓަރ ބޭރަށް ބަދަލުކުރުން
  6. ޢިމާރާތުގެ ކުޑަދޮރުތަކުން ފެން ލީކްވާ މައްސަލަ ހައްލުކުރުން
  7. ޢިމާރާތުގެ ފާޚާނާ ޖަކްސަން ނަރުދަމާ ނިޒާމާއި ގުޅާލުން
  8. ޢިމާރާތުގެ ކުޑަދޮރުތަކުގައި އަވި ނުވަންނާނޭހެން އިސްޓިކާތަތްކުރުން
  9. ދިޔަދޮވި ބަދަލުކުރުމާއި އަދި ފެން ފިލާއިން ހަލާކުވެފައިވާ ތަންތަން މަރާމާތުކުރުން

 

މަސައްކަތް ކުރުމަށް ބޭނުންވާ ތަކެތީގެ ލިސްޓް

  1. ރެނދުތައް ބެއްދުމަށް ބޭނުންވާ ކެމިކަލް (ދީލަތި ފަރާތަކުން ހަދިޔާ ކޮށްފައި)
  2. 2 ފާޓާ ހުދުކުލަ 20ލީޓަރ (އޮފް މޮޅު) އެތެރެއަށް
  3. 2 ފާޓާ ހުދުކުލަ 20ލީޓަރ އޮފް(މޮޅު) ބޭރަށް
  4. 02 ފޮށި އެސް.އެސް އިސްކުރު 2/1 1އިންޗީ 8 ނަންބަރު
  5. 02 ފާޓާ ދަވާދު 5ލީޓަރ  (އަކުވާ މެރިން)
  6. 20 ލެޑް ޑައުން ލައިޓް 6އިންޗީގެ ވަށް (ސީލިންގއަށް ކަނޑާ ފައްތާ)
  7. 16 ލެޑް ލައިޓް އައުޓްޑޯރ
  8. 06 ރޯލް ފިހި (މޮޅު)
  9. 06 އަތުފިހި 02އިންޗީގެ
  10. 40 ފޫޓް ބިއްލޫރީގައި ތަތްކުރާ ސްޓިކާރ
  11. 01 ފާރުގައި ހަރުކުރާ ފޮށި 250mm x 330mm x 150mmގެ (ޥޯޓަރޕުރޫފް)
  12. 20 ފޫޓް ކޭބަލް 44ގެ 2 ކޯ
  13. 04 ކޮތަޅު ސިމެންތި
  14. 12 ގޯނި ދޮންވެލި
  15. 12 ބުރި ދިޔަދޮވި (ޕްލާސްޓިކް ހުދު)
  16. 08 ކޮޅުބެއްދި
  17. 08 ފެންބޭލި
  18. 08 ޖޮއިންޓް
  19. 85 ދިޔަދޮވި ބުޅި
  20. 04 ފިލާ ޕީވީސީ 16 އެމް.އެމްގެ

 

                 ވީމާ ހިނަވާގެ މަރާމާތުކުރުމަށް ބޭނުންވާ ތަކެއްޗާއި ފައިސާ 31 އޮގަސްޓް 2022ވަނަ ދުވަހުގެ ކުރިން ހަދިޔާކުރުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލަމެވެ. އެގޮތުން ފައިސާ ހަދިޔާ ކުރައްވާ ފަރާތްތަކުން މިއިދާރާގެ 1371 ޚަރަދު 2، އ/ކ ނަންބަރު 004-700333-7705އަށް ޖަމާކޮށް ދެއްވާ، ފައިސާ ޖަމާކުރެއްވި ސްލިޕް 7505591 ނުވަތަ 9107177އަށް ފޮނުއްވާ ދެއްވުން އެދެމެވެ. އަދި ތަކެތި ހަދިޔާ ކުރަންވަން ބޭނުންފުޅުވާ ފަރާތްތަކުން، އެބޭފުޅަކު ހަދިޔާ ކުރައްވާ ތަކެތި މިއިދާރާ އާއި ޙަވާލުކޮށް ދެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯދުމަށް 7505591 ނުވަތަ 9107177އާއި ގުޅުއްވުން އެދެމެވެ.

 

                     ވީމާ، މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

17 އޮގަސްޓް 2022
ހޯދާ