ޖަލާލުއްދީން ސްކޫލް
ދިވެހިރާއްޖެ
އެސިސްޓެންޓް ފޯމަން

މި ސްކޫލަށް އެސިސްޓެންޓް ފޯމަންއެއް ބޭނުންވެގެން ކުރި ނަންބަރު GS53/ 2014/13 ގެ އިޢުލާނާ ގުޅިގެން ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކު އިންޓަވިއުއަށް ހާޒިރުނުވުމުގެ ސަބަބުން އެ ޢިއުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

މަޤާމް:

އެސިސްޓެންޓް ފޯމަން

ކުލެސިފިކޭޝަން:

ސަޕޯރޓް ސްޓާފް ގްރޭޑް 2

ރޭންކް:

SS2

ސެކްޝަން:

އެޑްމިން

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/3470 ރ (ތިންހާސް ހަތަރުސަތޭކަ ހަތްދިހަ ރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު -/1000ރ (އެއްހާސް ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

ހަމަޖެހިފައިވާ އުޞޫލުގެ މަތިން އިތުރުގަޑީގައި މަސައްކަތް ކުރަން ޖެހޭނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީސް:

ޖަލާލުއްދީން ސްކޫލް / ހދ ކުޅުދުއްފުށި

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

ޖަލާލުއްދީން ސްކޫލް / ހދ ކުޅުދުއްފުށި

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް:

  • ސްކޫލާއި ސްކޫލުގެ ބެލުމުގެ ދަށުގައި ހުރި އިމާރާތްތައް ފޮޅައި ސާފުކުރުވުން.
  • ސްކޫލުގެ ބެލުމުގެ ދަށުގައިވާ ސަރަހައްދުތަކުގެ ވިނަ ނޮޅައި ބެލެހެއްޓުމާއި ސްކޫލުގެ ބަގީޗާ ބެލެހެއްޓުން.
  • ސްކޫލުގެ މަސައްކަތުގައި ބޭނުންކުރެވޭ ކޮމްޕިއުޓަރތަކާއި އިކުއިޕްމެންޓުތައް ޓެކްނީޝަނުންގެ ލަފާގެ މަތިން ސާފުކުރުން.
  • މުޖުތަމަޢާއި ސްކޫލާ އޮންނަ ގުޅުމަކީ ބަދަހި ގުޅުމެއްކަމަށް ހެދުމަށް މަސައްކަތް ކުރުން.

 

ޝަރުޠު:

1. ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު ދާއިރާއިން ކަނޑައަޅާ މަސައްކަތަށް ބޭނުންވާ ތަމްރީނެއް/ލައިސަނެއް/ހުއްދައެއް/ސަނަދެއް ހާސިލު ކޮށްފައިވުން، ނުވަތަ

2. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިއުމާއެކު، އެސް.އެސް 1 ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެ ރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

3. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެސް.އެސް.2 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް :

  • ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • އުމުރުން 45 އަހަރުން ދަށުގެ މީހެއްކަމުގައިވުން.
  • ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސާރވިސްގެ ގަވާއިދަށް އަހުލުވެރި ވެފައިވާ ފަރާތެއް ކަމުގައިވުން.

އިންޓަވިއު ކުރަން ކަނޑައެޅިފައިވާ މުއްދަތު އަދި ތަން:

  • މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި އިޢުލާނަށް މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. އިންޓަވިއު އޮންނާނީ ޖަލާލުއްދީން ސްކޫލުގައެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު މިސްކޫލް އޮފީހުން ލިބެން ހުންނާނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ ސީވީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ( މުއްދަތު ހަމަނުވާ އަދި އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ ) ދެފުށުގެ ސާފު ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ( މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން އެޓެސްޓް ކުރެވިފައިވާ ކޮޕީގެ އަސްލު )
  • ސްކޫލް ލީވިންގ ސެޓުފިކެޓުގެ ފޮޓޯ ކޮޕީ.
  • ސިވިލް ސާރވިސްއަށް / ސަރުކާރަށް މަސައްކަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން އިޢުތިރާޒެއް ނެތްކަން އެނގޭނެ ލިޔުމެއް، އަދި
  • ސިވިލް ސާރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން އެ މުވައްޒަފުގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާ އާއި، ހާޒިރީ އަދި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާ އާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާން ކުރާ ފޯމު"

މި ފޯމު ހުށަނާޅައިފިނަމަ ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ.

ސުންގަޑި:

  • މި މަޤާމަށް ކުރިމަތިލެއްވުމަށް ބޭނުންވެލައްވާ، ޝަރުޠު ހަމަވާ ފަރާތްތަކުން 2014 އޮކްޓޫބަރު 21 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 02:30 ގެ ކުރިން ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމާއި މަތީގައި ދެންނެވިފައިވާ ލިޔުންތައް މިސްކޫލަށް ހުށަހެޅުންވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • މި ސްކޫލުގެ ފޯނު ނަންބަރު 6528815 އާ ގުޅުއްވުމުން އިތުރު މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

 

18 ޛުލްޙިއްޖާ 1435

12 އޮކްޓޫބަރު 2014
ހޯދާ