ޖަލާލުއްދީން ސްކޫލް
ދިވެހިރާއްޖެ
އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން

މި ސްކޫލަށް ކޮމްޕިއުޓަރ ޓެކްނީޝަނެއް ބޭނުންވެގެން ކުރި ނަންބަރު GS53/2014/12 ގެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

މަޤާމު:

އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން

ކުލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:

GS3

ސެކްޝަން:

އެޑްމިން

ބޭނުންވާ އަދަދު:

1 ( އެކެއް )

މުސާރަ:

4465/- ރުފިޔާ

ސާރވިސް އެލަވަންސް:

-/1500 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

ހަމަޖެހިފައިވާ އުޞޫލުގެ މަތިން އިތުރުގަޑީގައި މަސައްކަތް ކުރަން ޖެހޭނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީސް:

ޖަލާލުއްދީން ސްކޫލް / ހދ ކުޅުދުއްފުށި

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

ޖަލާލުއްދީން ސްކޫލް / ހދ ކުޅުދުއްފުށި

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް:

  • ސްކޫލުގެ ކޮމްޕިއުޓަރތަކުގެ ސޮޕްޓްވެއަރ އާއި ހާރޑްވެއަރ އަޕްޑޭޓުކޮށް ބެލެހެއްޓުން.
  • ސްކޫލުގެ ކޮމްޕިއުޓަރ ނެޓްވޯރކަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި ނެޓްވޯރކް ތަރައްޤީކޮށް ބެލެހެއްޓުން.
  • މުވައްޒަފުންނަށާއި، ދަރިވަރުންނަށް ސްކޫލުގައި ޤާއިމުކޮށްފައިވާ ކޮމްޕިއުޓަރ ނެޓްވޯރކް، ކަނޑައަޅާފައި އުސޫލެއްގެ ދަށުން ބޭނުން ކުރެވޭނެ ގޮތް ހަމަޖެއްސުން.
  • ސްކޫލުގެ ކޮމްޕިއުޓަރ ތަކަށް ދިމާވާ ކޮމްޕިއުޓަރ ވައިރަހުގެ މައްސަލަތައް ހައްލުކުރުމާއެކު ހުރިހާ ކޮމްޕިއުޓަރ ސިސްޓަމްތަކުން މަސައްކަތް ކުރެވޭނެ ފެންވަރެއްގައި ބެހެއްޓުން
  • ކަނޑައެޅިފައިވާ އުސޫލުން ކޮމްޕިއުޓަރ ލިޓްރަސީ ޕްރޮގުރާމު މުވައްޒަފުންނަށާއި، ދަރިވަރުންނަށް ހިންގުން.
  • ސްކޫލުގެ ވަސީލަތްތައް ދަރިވަރުންނަށާއި އެންމެހާ މުވައްޒަފުންނަށް އެންމެ ފައިދާވާނެ ގޮތުގައި ބޭނުން ކުރުން.

ޝަރުޠު:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ،
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ކޮމްޕިއުޓިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާއި، ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ކޮމްޕިއުޓިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާއި، ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • ވަކިވަކި ދާއިރާތަކުގެ އޮނިގަނޑު ތަކުގައި އެ ދާއިރާއަކުން ޖީ.އެސް 3 ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލުކޮށްފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިޔުމާއެކު، ޖީ.އެސް 2 ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެރޭންކުގައި ކޮމްޕިއުޓިންގ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޖީ.އެސް 3 ރޭންކުގެ ނުވަތަ އެއަށްވުރެ މަތީ ރޭންކަކާއި އެއް ފެންވަރުގެ މަޤާމެއްގައި، ކޮމްޕިއުޓިންގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ ކޮމްޕިއުޓިންގ މަސައްކަތާ ގުޅޭ ދާއިރާއެއްގެ އެފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ ފަރާތެއް ކަމުގައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް :

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނުގެ މިންވަރު.
  • ކޮމްޕިއުޓަރަށް އަހުލުވެރި ވެފައިވާ މިންވަރު.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާގެ މިންވަރު.
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް އިންޓަވިއު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރު.

އިންޓަވިއު ކުރަން ކަނޑައެޅިފައިވާ މުއްދަތު އަދި ތަން:

  • މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި އިޢުލާނަށް މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. އިންޓަވިއު އޮންނާނީ ޖަލާލުއްދީން ސްކޫލުގައެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވެބްސައިޓުންނާއި، މި ސްކޫލް އޮފީހުން ލިބެން ހުންނާނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސިވިލް ސާރވިސްގެ ނަމޫނާއާ އެއްގޮތަށް ތައްޔާރު ކޮށްފައިވާ) ގުޅޭނެ ނަންބަރާއެކު.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ އަދި އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ) ދެފުށުގެ ސާފު ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން އެޓެސްޓް ކުރެވިފައިވާ ކޮޕީގެ އަސްލު)
  • ސްކޫލް ލީވިންގ ސެޓުފިކެޓުގެ ފޮޓޯ ކޮޕީ.
  • ސިވިލް ސާރވިސްއަށް / ސަރުކާރަށް މަސައްކަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން އިޢުތިރާޒެއް ނެތްކަން އެނގޭނެ ލިޔުމެއް، އަދި
  • ސިވިލް ސާރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން އެ މުވައްޒަފުގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާ އާއި، ހާޒިރީ އަދި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާ އާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާން ކުރާ ފޯމު"

      މި ފޯމު ހުށަނާޅައިފިނަމަ ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ.

ސުންގަޑި:

  • މި މަޤާމަށް ކުރިމަތިލެއްވުމަށް ބޭނުންވެލައްވާ، ޝަރުޠު ހަމަވާ ފަރާތްތަކުން 2014 އޮކްޓޫބަރު 21 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 02:30 ގެ ކުރިން ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމާއި މަތީގައި ދެންނެވިފައިވާ ލިޔުންތައް މި ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • މި ސްކޫލުގެ ފޯނު ނަންބަރު 6528815 އާ ގުޅުއްވުމުން އިތުރު މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

18 ޛުލްޙިއްޖާ 1435

12 އޮކްޓޫބަރު 2014
ހޯދާ